ޚަބަރުރ.އަތޮޅުކޮވިޑް-19

އަލިފުށީގެ ހާލަތު ގޯސް، މިއަދުގެ މިހާތަނަށް 21 މީހުން ޕޮޒިޓިވް

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި އަލިފުށިން މިއަދުގެ މިހާތަނަށް އިތުރު 21 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

އުނގޫފާރު ޑޮޓް ކޮމް އަށް މައުލޫމާތު ދެމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވަނީ އަލިފުށީގެ ހާލަތު ރަނގަޅު ނޫން ކަމަށެވެ. ނަމަވެސް ހާލަތު އިތުރަށް ގޯސްވިޔަ ނުދޭން އަލިފުށީ ޓާސްކް ފޯސް އާއި ކައުންސިލާއި ހެލްތު ސެންޓަރާއެކު ކުރާ މަސައްކަތުން ކޮންމެވެސް ވަރެއްގެ ނަތީޖާއެއް ފެންނަމުން ދާކަމަށެވެ. އެގޮތުން އަލިފުށިން ކޮމިއުނިޓީ ތެރެއިން ޕޮޒިޓިވްވާ ރޭޓް ވަރަށް ބޮޑުތަން މިހާރު ދައްވެފައިވާ ކަމަށް ފާހަގަ ކުރެވޭކަމަށާއި އެކަމަކުވެސް މިއީ ހިތްހަމަ ޖައްސާލައިގެން ތިބެވެން އޮތްކަމެއް ނޫން ކަމަށެވެ.

އަލިފުށިން މިހާރު ޕޮޒިޓިވްވާ ގިނަ ފަރާތްތަކަކީ ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ކަރަންޓީން ކުރެވިފައިވާ ފަރާތްތައްކަން ފާހަގަ ކުރެވެއެވެ.

އަލިފުށީ ހެލްތު ސެންޓަރުގެ ފޭސްބުކް ޕޭޖުގައިވާ މައުލޫމާތައް ބަލާއިރު ކޮވިޑް ކޭސް އެއްފެނި އަލިފުށި މޮނިޓަރިންގ އަށް ލާފައިވަނީ 24 މެއި ގައެވެ. ރޭގެ 22:00 އާއި ހަމަށް އަލިފުށިން 116 މީހުން ޕޮޒިޓިވް ވެފައިވާއިރު މިބަލިން ރަނގަޅުވެފައިވަނީ 2 މީހުންނެވެ. އެއީ 86 ދިވެހިންނާއި 30 ބިދޭސީންނެވެ. 102 ގެއެއް ކަރަންޓީނު ކުރެވިފައިވާއިރު އެގެތަކުގައި 350 މީހުން ކަރަންޓީނުގައި އެބަތިއްބެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close