ޚަބަރުކުޅިވަރު

“އުފާ ޔޫރޯ ކްއިޒް 2020” މިރޭ ފަށަނީ

މިރޭ ފެށުމަށް ހަމަޖެހިފައިވާ “ޔޫރޯ 2020” މުބާރާތާއި ގުޅުވައިގެން އުނގޫފާރު ފޯސްޓަރިންގ އެވެއަރނަސް އެސޯސިއޭޝަން (އުފާ) އިން ބާއްވާ ކްއިޒް މިރޭ ފެށޭނެއެވެ.

ކްއިޒް އާއި ބެހޭ ގޮތުން އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން އުފާގެ ސްޕޯރޓްސް ޑައިރެކްޓަރ މުހައްމަދު އިމްރާން (ދަގަނޑޭ) ބުނީ މިކްއިޒަކީ ކޮވިޑްގެ މިހާލަތުގައި ޔޫރޯ ކުރިއަށްދާއިރު ގޭގައި ތިބެގެންވެސް ޔޫރޯޯ މުބާރާތުގެ ފޯރި ގަދަ ކޮށްލުމުގެ ގޮތުން ކުރިއަށް ގެންދާ ކްއިޒެއް ކަމަށެވެ. އަދި ހަމަ އެއާއެކު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މައުލޫމާތު މި މުބާރާތަށް އަދި ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ހުރީ ކިހާ މިންވަރަކަށްތޯ ބަލާ މިމައުލޫމާތުތައް ތާޒާ ކޮށްލާ މިފަދަ ކަންކަމަށް ހޭލުންތެރިކަން އިތުރުކޮށްލުން ވެސް މިކަމުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

“މީގެ ކުރީ ފަހަރު ތަކުގައި މިފަދަ މުބާރާތްތައް އަޅުގަނޑުމެން މިބަލަނީ ބޮޑުސްކްރީން ބަހައްޓައިގެން ބޮޑެތި ހޯލްތަކުގައި، ނޫނީ އޯޕެން ތަންތަނުގައި ވަރަށް ފޯރީގަ. ނަމަވެސް ކޮވިޑްގެ މިހާލަތުގައި އެއީކީ ރައްކާތެރި ކަމެއްނޫން މިފަހަރު ކުރިއަށް ގެންދާކަށް. އެހެންވެ ގޭގައި ތިބެގެން މެޗުތައްބަލާއިރު ފޯރިގަދަ ކޮށްލުމުގެ ގޮތުން ކުރިއަށްގެންދާ ކްއިޒެއްމީ” ދަގަނޑޭ ބުންޏެވެ.

މި ކުއިޒް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތަކީ މުބާރާތް ނިމެންދެން ކޮންމެ ރެއަކުވެސް 5 ސުވާލު ގެނެސްދޭ ގޮތަށެވެ. އަދި އެ ރެއަކުވެސް ގެނެސްދެވޭ 5 ސުވާލަށް ޖަވާބުދޭ އެންމެންގެ މެދުގައި ގުރުއަތެއްލައި ގުރުއަތުން ހޮވޭ ފަރާތަކަށް ލެވިސްޓާ ކޮފީ ދަޅެއް އިނާމަކަށް ލިބޭ ގޮތަށެވެ. އަދި މުޅި މުބާރާތުގެ ސުވާލުތައް ރަގަނޅު ކުރައްވާ ފަރާތްތަކުގެ މެދުން އެއްވަނަ އަށް އަންނަ ފަރާތަކަށް 1000.00 (އެއްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ލިބޭ ގޮތަށެވެ.

ދަގަނޑޭ އިތުރަށް ބުނީ މިއީ މިވަގުތައް ކަނޑައެޅިފައިވާ އިނާމުތަކާއި ހޮވުމަށް ހަމަޖެހިފައިވާ ވަނަތައް ކަމަށާއި މަސައްކަތް މިކުރަނީ އިތުރު ވަނަތަކާއި އިނާމު މި ކްއިޒައް ހޯދާއި ހަމަޖެއްސޭތޯ ކަމަށެވެ.

“އުފާ ޔޫރޯ ކްއިޒް 2020” ގެ ސުވާލުތައް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ އުނގޫފާރު ޑޮޓްކޮމްގެ ވެބްސައިޓް އަދި ފޭސްބުކް ޕޭޖް މެދުވެރިކޮށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close