ޚަބަރުރ.އަތޮޅުކޮވިޑް-19

އަލިފުށީގެ ހާލަތާއި ގުޅޭ ގޮތުން ހާއްސަ ބައްދަލުވުމެއް ބާއްވައިފި

އަލިފުށީގެ ހާލަތާއި ގުޅޭ ގޮތުން ހާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ. މިބައްދަލުވުން އޮތީ ރޭ 21:00 ގައެވެ.

ޒޫމް މެދުވެރިކޮށް ކުރިއަށް ދިޔަ މިބައްދަލުވުމުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ރ އަތޮޅު ކައުންސިލާއި އަލިފުށީ ކައުންސިލާއި ހެލްތު ސެންޓަރުގެ އިތުރުން ކޮވިޑްގެ ހާލަތު ބެއްލެވުމަށް ރައީސުލް ޖުމުހޫރިއްޔާ ރ އަތޮޅަށް ކަނޑައަޅުއްވާފައިވާ ފޯކަލް ޕޮއިންޓް ބައިވެރިވެލެއްވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މިބައްދަލުވުމުގައި އަލިފުށީގައި ކޮވިޑްގެ ހާލަތު ގޯސްވާން ދިމާވި މައިގަނޑު ސަބަބު ތަކާއި އިތުރަށް ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ. އަދި އަލިފުށީގެ އިތުރުން ރ އަތޮޅުގައި ކޮވިޑްގެ ހާލަތު އޮތްގޮތާއި އަދި ބައްދަލުވުމުގެ ބައިވެރިންގެ ހުރި ކަންބޮޑުވުންތައް ރައީސުލް ޖުމުހޫރިއްޔާއާއި ހިއްސާ ކޮށްދެއްވުމަށް ބައްދަލުވުމުގެ ބައިވެރިން ރައީސްގެ ހާއްސަ މަންދޫބުގެ އަރިހު ދެންނެވިއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close