ޚަބަރުރ.އަތޮޅު

ނޯތު ޕޮލިސްގެ ރީޖަނަލް ހެޑްކުއަރޓަރޒް އުނގޫފާރު ގައި ޤާއިމުކުރަން ނިންމައިފި

ނޯތު ޕޮލިސްގެ ރީޖަނަލް ހެޑްކުއަރޓަރޒް ރ. އުނގޫފާރު ގައި ޤާއިމުކުރަން ނިންމައިފި އެކަން ސަރުކާރުގެ ގެޒެޓްގައި ހާމަކޮށްފިއެވެ.

މިނިސްޓްރީ އޮފް ހޯމްއެފެއާޒްއިން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ ދަށުން، ލާމަރުކަޒީ އުސޫލުން ފުލުހުންގެ ޚިދުމަތް ދިނުމަށްޓަކައި، ދިވެހި ފުލުހުންގެ ޚިދުމަތް އިދާރީގޮތުން އިންތިޒާމު ކުރެވިގެންވާގޮތް، ކޮމިޝަނަރ އޮފް ޕޮލިސްގެ މަޝްވަރާގެ މަތިން 15 ޖޫން 2021 ގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް ވަނީ ކަނޑަ އަޅުއްވާފައެވެ. އެގޮތުން މާލެ ސަރަޙައްދު ހިމެނޭގޮތުން ދިވެހި ފުލުހުން މުޅިރާއްޖޭގައި އިންތިޒާމު ވެގެންވަނީ 6 ސަރަހައްދެއްގައި ކަމަށެވެ.

އެ 6 ސަރަޙައްދު ތިރީގައި އެވަނީ އެވެ.

  1. ކެޕިޓަލް ޕޮލިސް (މާލެ، ހުޅުމާލެ، ހުޅުލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ހިމެނޭ ސަރަޙައްދު) ހެޑްކުއަރޓަރޒް މާލެ
  2. އަޕަރ ނޯތް ޕޮލިސް (ހއ، ހދ އަދި ށ އަތޮޅު ހިމެނޭ ސަރަޙައްދު) ރީޖަނަލް ހެޑްކުއަރޓަރޒް ހދ. ކުޅުދުއްފުށި
  3. ނޯތު ޕޮލިސް (ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭ ސަރަޙައްދު) ރީޖަނަލް ހެޑްކުއަރޓަރޒް ރ. އުނގޫފާރު
  4. ނޯތް ސެންޓްރަލް  ޕޮލިސް (ކ، އއ، އދ އަދި ވ  އަތޮޅު ހިމެނޭ ސަރަޙައްދު) ރީޖަނަލް ހެޑްކުއަރޓަރޒް އއ ރަސްދޫ
  5. ސައުތު ސެންޓްރަލް  ޕޮލިސް (މ، ފ، ދ، ތ އަދި ލ  އަތޮޅު ހިމެނޭ ސަރަޙައްދު) ރީޖަނަލް ހެޑްކުއަރޓަރޒް ލ. ގަން، ސަބް ރީޖަނަލް ހެޑްކުއަރޓަރޒް ދ. ކުޑަހުވަދޫ
  6. ސައުތު ޕޮލިސް (ގއ، ގދ، ޏ އަދި ސ އަތޮޅު ހިމެނޭ ސަރަޙައްދު) ރީޖަނަލް ހެޑްކުއަރޓަރޒް އައްޑޫ ސިޓީ، ސަބް ރީޖަނަލް ހެޑްކުއަރޓަރޒް ގދ. ތިނަދޫ

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close