ޚަބަރުކޮވިޑް-19

އުނގޫފާރުން އިތުރު ރެންޑަމް ސާމްޕަލެއް ޕޮޒިޓިވް ވެއްޖެ

އުނގޫފާރުން އިތުރު ރެންޑަމް ސާމްޕަލެއް ޕޮޒިޓިވް ވެއްޖެއެވެ.

އުނގޫފާރު ރީނަލް ހޮސްޕިޓަލުން މައުލޫމާތު ދެއްވިގޮތުގައި މިއަދު ޕޮޒިޓިވް ވެފައި މިވަނީ އިއްޔެ (15 ޖޫން 2021) ގައި ނެގި ރެންޑަމް ސާމްޕަލެކެވެ. އިއްޔެ ޖުމުލަ 101 ސާމްޕަލް ވަނީ ނަގާފައެވެ. މިއަދުގެ 18:00 އަށް 80 ސާމްޕަލް އެއްގެ ނަތީޖާ ލިބިފައިވާއިރު 21 ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބެއެވެ.

މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު ފެނުނު ޕޮޒިޓިވް ކޭސް އަކާއިގުޅިގެން އުނގޫފާރު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އިއްޔެ ނެގުނު ސާމްޕަލް ތަކަކީ މޮނިޓަރިންގ އިން ނެގުމުގެ ކުރިން ކޮމިއުނިޓީ ސްޕްރެޑް އޮތްގޮތް ބެލުމަށް ނެގުނު ސާމްޕަލް ތަކެކެވެ.

އުނގޫފާރުގެ ކޮވިޑް ހާލަތައް ބަލާއިރު މިވަގުތު އުނގޫފާރުގައި ކޮވިޑްގެ އެކްޓިވް އޮތީ އެއްމެ ކޭސް އެކެވެ. ކުރިން ޕޮޒިޓިވްވި އެންމެން މިހާރު ވަނީ ބަލިން ފަސޭހަ ވެފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close