ޚަބަރުރ.އަތޮޅުކޮވިޑް-19

އަލިފުށީގެ ޕޮޒިޓިވް ކޭސްތައް 200 އިން މައްޗަށް

ހަލުވިކަމާއެކު ކޮވިޑް ކޭސް ތައް ފެތުރެމުންދާ ރ. އަލިފުށިން ޕޮޒިޓިވް ވި މީހުންގެ އަދަދު 200 އިން މައްޗަށް އަރައިފިއެވެ.

އަލިފުށީ ހެލްތު ސެންޓަރުން މިރޭ ހާމަކޮށްފައިވާ މައުލޫމާތުގައި ވާގޮތުން މިއަދު ޕޮޒިޓިވްވި 9 ކޭސް އާއެކު އަލިފުށިން ޕޮޒިޓިވްވި ކޭސް ތަކުގެ އަދަދު 205 އަށް ވަނީ އިތުރު ވެފައެވެ.

6 އަހަރުގެ ކުޑަކުއްޖަކު ޕޮޒިޓިވްވެ އަލިފުށި މޮނިޓަރިންގ އަށް ލާފައިވަނީ މެއި 24 ވަނަ ދުވަހުއެވެ. އަލާމާތްތައް ފެނި ސާމްޕަލް ނަގައި ޓެސްޓުކުރި މި ކުއްޖާއަކީ މި ފަހުން އެއްވެސް ރަށަކަށް ދަތުރު ކޮށްފައިވާ ކުއްޖެއް ނޫންނެވެ.

ރ. އަތޮޅުން 6 ރަށެއް މިވަގުތު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އެ 5 ރަށަކީ އަލިފުށި، ހުޅުދުއްފާރު، އުނގޫފާރު، ދުވާފަރު، ފައިނު އަދި މީދޫއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close