މުނިފޫހި ފިލުވުން

އަހަރެންގެ ކުށަކީ ކޮބާ؟ ފުރަތަމަ ބައި

ވާހަކަ / މުހައްމަދު އަފްރާހް

ދުވަސްގަނޑަކު ވަޒީފާގައި އުޅުމަށްފަހު ، އަހުސަން އެދަނީ ފޮނި އުންމީދު ތަކަކާއެކު ކާރޫބާރު ބޮޑު މާލޭގެ ހަލަބޮލި މާހައުލަކަށެވެ. ފަހަރެއްގައިވެސް ހަޔާތަށް އަންނައޮތް ހިތްދަތިކަމަކަށް ތައްޔާރު ނުވެއެވެ. ވާނީވެސް އެހެންތާއެ! މާލެ ދަތުރުކުރާ ބޯޑުގެ ހިޔާގަނޑުމަތީ އަހުސަން އެއިންނަނީ ލޯބީގެ ދުނިޔެއަށް ގެނބި ގަރަގުވެ ވެފައެވެ. އެ ބޯޓުން ދަތުރު ކުރާ އެހެން މީހުން އަހުސަންގެ އަމަލުތައް ހުންނަގޮތުން ކުދިކިޔާ ހަދައެވެ. ވާނީވެސް އެހެންތާއެވެ. އަހުސަން ރަށުން ބޯޓަށް އެރީންސުރެން ހުންނަނީ ފޯނެއްގައެވެ. ފޯނުގައި ހުރެގެން މުޅި ބޯޓުގައި ހިނގާތަން ފެނި ކުދިކީ މީހުންނެއްވެސް މަދެއް ނޫނެވެ. މިވަރެއްގާ ހުއްޓާ ބޯޓު  ބަރަވެލި ކަނޑަށް ވަދެ ރޭންޖް ދިޔައިރުވެސް އަހުސަން އަކަށް ނޭނގުނެވެ. މިހެން އެތައް އިރެއްވަންދެން ވާހަކަދެއްކިފަހުން އަނެއްކޮޅުން ވާހަކަ ނުދައްކާތީ ފޯނަށް ބަލާލުމުން މި އެނގުނީ ފޯނުގަ ރޭންޖް ނެތްކަމެވެ. އާނ… ކިޔާ ބޮލުގާ އަތްއެޅުނެވެ.

މާކަނޑު ތެރޭގައި ބޯޓް ދުއްވަމުން ދިޔައިރު ދަތުރު ފެށިއިރަށްވުރެ ކަނޑު ގަދަވާން ފެށިއެވެ. ބޯޓްގައި ކުޑަކުދިންނާއި އަންހެނުން ފުދޭވަރަކަށް ގިނައެވެ. ބިޔަ ރާޅުތަކާއެކު ދޯނި ހަލުވަމުންދާއިރު ހީވަނީ ގަދަ ކަނޑެއްގައި އޮޔާދާ ބޮނބި ގަނޑެއް ހެންނެވެ. ބޯޓް ތެރޭއިން އިވެނީ ރުއިމުގެ އަޑެވެ. ބޯޓް ތެރޭގައި ތިބި އެންމެން ދެފަޅިއަކަށް ކިރިކިރި ތިއްބެވެ. ބައެއް މީހުންގެ ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަމުންދެއެވެ. އެ މީހުންގެ މޫނު މަތިން ފެންނަމުންދަނީ ހާސްކަމާއި ކަންބޮޑުވުމެވެ. މައިން އެ ބިރުވެރިކަމުގެ ތެރޭގައި ދަރިންގައިގަ ބައްދާލާ ބޮސްދީ ހަދަމުންދެއެވެ. އާއެކެވެ. މައިންގެ ހިތުގައި ދަރިންނަށްޓަކައި އޮންނަ ލޯތްބަކީ ވަރަށް ވެސް ވަރުގަދަ ލޯތްބެކެވެ. މި ހުރިހާކަމެއް ހިނގަމުންދާއިރު ބޯޓްގައި ބޯޓްގެ ޗެންޗޭނުގައި  ލެނގިލައި ގެންހުރި ޒުވާނާއަށް މިއީން އެއްވެސް ކަމެއްގެ ހިލަމެއް ނުވާ ކަހަލައެވެ. ކުއްލިއަކަށް ނެގި ބިޔަ ރާޅަކާއެކު ބޯޓް އިތުރަށް ރޯލުކޮށްލިއެވެ. އެވަގުތު އާހެއްގެ އަޑާއެކު ލޮނުގަނޑުގެ ތެރެއަށް އެއްޗެއް ޖެހުނު އަޑު އިވިގެންދިއެވެ.

ނުނިމޭ! ކުރިއަށް އޮތްބަޔަށް އިންތިޒާރު ކޮށްލައްވާ…

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close