ޚަބަރުރ.އަތޮޅު

އަނގޮޅުތީމު ރައްޔިތުންގެ ފަރާތުން އުނގޫފާރަށް 1000 ކާށި ހަދިޔާކޮށްފި

ރ. އަނގޮޅިތީމު ރައްޔިތުންގެ ފަރާތުން އުނގޫފާރު ރައްޔިތުންނަށް 1000 ކާށި ހަދިޔާކޮށްފިއެވެ. އަނގޮޅިތީމު ރައްޔިތުންގެ ފަރާތުން އަންނަނީ މިވަގުތު ކޮވިޑް-19 އާ ގުޅިގެން ރ.އަތޮޅުގައި މޮނީޓަރިންއަށް ލާފައިވާ ރަށްރަށުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އަނގޮޅިތީމުން ހަދިޔާކުރި ކާށިތައް މިއަދު އުނގޫފާރަށް ލިބިފައިވާއިރު އުނގޫފާރު ބަނދަރުމަތިން އެތަކެއްޗާ ހަވާލުވީ އުނގޫފާރު ކައުންސިލުންނެވެ. އުނގޫފާރު ކައުންސިލުން ވަނީ އަނގޮޅިތީމުގެ ރައްޔިތުންނަށް ޝުކުރު އަދާކޮށް ހަނދާނީ ލިޔުމެއް ހަވާލުކޮށްފައެވެ.

ރ. އަތޮޅުގެ އެންމެ އާބާދީ ކުޑަ ރަށްތަކުގެ ތެރޭގައި ހިމެނޭ އަނގޮޅިތީމުން އަންނަނަނީ ކޮވިޑް-19 އާ ގުޅިގެން މޮނީޓަރިންއަށް ލާފައިވާ ގިނަ ރަށްރަށެއްގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ އުޚުވަތްތެރިކަމުގެ ރީތި ނަމޫނާއެއް ދައްކަމުންނެވެ.

މި ގޮތުން އަނގޮޅިތީމުން ވަނީ އަލިފުށި ރައްޔިތުންނަށް 1130 ކާށި ދުވާފަރު ރައްޔިތުންނަށް 2000 ކާށި ހަދިޔާކޮށްފައެވެ، އަދި މީގެ އިތުރުން އަނގޮޅިތީމު ރައްޔިތުން ވަނީ ރ، ހުޅުދުއްފާރު ރައްޔިޓުންނަށް 1 ޓަނު މަސް ހަދިޔާކޮށްފައެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close