ޚަބަރުކޮވިޑް-19

ރައްކާތެރިކަމުގެ އިތުރު ފިޔަވަޅު ތަކާއެކު ޔޫއާރުއެޗް އިން އޯޕީޑީގެ ހިދުމަތް މިއަދު ފަށައިފި

ރައްކާތެރިކަމުގެ އިތުރު ފިޔަވަޅު ތަކާއެކު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން އޯޕީޑީގެ ހިދުމަތް މިއަދު ފަށައިފިއެވެ.

އޯޕީޑީގެ ހިދުމަތް މިއަދު ފެށިއިރު އެޕޮއިންޓްމަންޓް ދޫކުރާ އަދަދާއި ޑޮކްޓަރުންގެ ޑިއުޓީ ތަކަށްވަނީ ވަރަށްބޮޑު ބަދަލެއް ގެނެސްފައެވެ. އެގޮތުން މިއަދުންފެށިގެން މިހަފްތާގެ ނިޔަލަށް ޑެންޓަލް ޑިޕާޓްމަންޓް ފިޔަވައި ކޮންމެ ޑިޕާޓްމަންޓް އަކުންވެސް ސްޕެޝަލިސްޓް ޑޮކްޓަރުން ތިއްބަވާނީ ދެދުވަހުން އެއްދުވަހުއެވެ. އަދި ޑެންޓަލް ޑިޕާޓްމަންޓް ފިޔަވާއި ދެންހުރި ޑިޕާޓްމަންޓުން ދޫކުރާ އެޕޮއިންޓްމަންޓްގެ އަދަދުވެސް ވަނީ 20 އަށް މަދު ކޮށްފައެވެ.

ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލިމީހުން ހޮސްޕިޓަލުތެރެއަށް ވަދެ ހިދުމަތް ހޯދުމުގެ ކުރިން ސްކްރީން ކުރުމަށް އޯޕީޑީގައި ހާއްސަ ސެޓަޕެއްވެސް ވަނީ ޤާއިމުކޮށްފައެވެ.

ހަފްތާގެ ހޮނިހިރު ހޯމަ އަދި ބުދަ ދުވަހު ސްޕެޝަލިސްޓް ޑޮކްޓަރުން ތިއްބަވާނީ އިންޓާނަލް މެޑިސިން (އެތެރެހަށީގެ)، ސައިކޭޓްރިސްޓް (ނަފްސާނީ)، އޮޕްތަމޮލޮޖީ (ލޮލުގެ)، އޯތޯޕެޑިކްސް (ކަށީގެ)، ޑާމަޓޮލޮޖީ (ހަމުގެ) އީއެންޓީ (ކަރުންމަތީގެ) އަދި ޑެންޓަލް (ދަތުގެ) ޑިޕާޓްމަންޓުންނެވެ.

ހަފްތާގެ އާދީޢްތަ އަންގާރަ އަދި ބްރާސްފަތި ދުވަހު ޑޮކްޓަރުން ތިއްބަވާނީ ގައިނޮކޮލޮޖީ (އަންހެނުންގެ)، ސާޖަން (އޮޕަރޭޝަން)، ޕީޑިއަޓްރިކްސް (ކުޑަކުދިންގެ)، ރޭޑިއޮލޮޖީ (ސްކޭން) އަދި ޑެންޓަލް (ދަތުގެ) ޑިޕާޓްމަންޓުންނެވެ.

އުނގޫފާރު މޮނިޓަރިންގެ ހާލަތަށް ލުމާއެކު ހުއްޓާލާފައިވާ އެޕޮއިންޓްމަންޓް ސިސްޓަމްވެސް އިއްޔެވަނީ އަލުން ފަށާފައެވެ. އެގޮތުން މިއަދުން ފެށިގެން ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކޭނީ އެޕޮއިންޓްމަންޓް ހައްދާފައިވާ ފަރާތްތަކަށެވެ. އެޕޮއިންޓްމަންޓް ހެއްދުމަށް ޔޫއާރުއެޗުން ހަމަޖައްސާފައިވަނީ 6580100 ނަމްބަރެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close