ޚަބަރު

އުނގޫފާރު މޮނީޓަރިންގެ ހާލަތުން ނަގައިފި

ރ. އުނގޫފާރު މޮނީޓަރިންގެ ހާލަތުން ނަގައިފިއެވެ. އުނގޫފާރު މޮނީޓަރިންގެ ހާލަތުން ނަގާފައި މި ވަނީ ބަލި ފެތުރިފައިވޭތޯ ޔަގީން ކުރުމަށް ނެގި ހުރިހާ ރެންޑަމް ސާންޕަލެއް ނައްސިވުމުންނެވެ.

އުނގޫފާރު މޮނީޓަރިންގް އަށް ލާފައި ވަނީ މެއި 30 ވަނަ ދުވަހު އުނގޫފާރުން ފެނުނު ކޮވިޑް-19 ކޭސްއަކާ ގުޅިގެންނެވެ.

އުނގޫފާރު މޮނީޓަރިންގެ ހާލަތުން ނެގުމަށް ޖޫން 15 ވަނަ ދުވަހު ވެސް ރެންޑަމް ސާންޕަލް ނަގިއެވެ. އެހެން ނަމަވެސް ޖޫން 15 ގައި ނެގި ރެންޑަމް ސާންޕަލްތަކުގެ ތެރެއިން 1 ސާންޕަލް ކޮވިޑަށް ފައްސިވެ، އުނގޫފާރުގެ މޮނީޓަރިންގެ ހާލަތު ދެމެހެއްޓިއެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close