ޚަބަރު

އުނގޫފާރުގައި ނިޔާވާ ފަރާތްތަކުގެ ކަށުކަމާކެމީގެ ހުރިހައި ކަމެއް އަމިއްލަ ފަރާތަކުން ހިލޭ ކޮށްދެނީ

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް ނިޔާވާ ބަލިމީހުންނާއި އަދި އުނގޫފާރުގައި ނިޔާވާ ފަރާތްތަކުގެ ތެރެއިން ކަށުކަމާކެމީގެ ކަންތައް ހަމަޖައްސެމުށް ދަތިވާ ފަރާތްތަކަށް އެކަން ހިލޭސާބަހަށް ކޮށްދިނުމަށް އަމިއްލަ ފަރާތަކުން ނިންމައިފިއެވެ.

އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން ނަންހާމަ ނުކުރުމަށް އެދި އެފަރާތުން ބުނެފައިވަނީ މިކަމަކީ ވަރަށް ކުރިންސުރެވެސް ކުރުމަށް އުއްމީދުކުރަމުން އަންނަ ކަމެއްކަމަށާއި މި ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އުނގޫފާރުގައި މިކަން ކުރެވޭނެ ގޮތް ހަމަޖެހިގެން ދިއުމަކީ ލިބިގެންދާ ވަރަށް ބޮޑު އުފަލެއް އަދި ހިތްހަމަ ޖެހުމެއް ކަމަށެވެ.

“އަޅުގަނޑު މިހާރު ވާނީ 10 މައްޔިތުންގެ ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ކުރުމަށް ބޭނުންވާނެ ތަކެތި ހިނަވާގެއާއި ހަވާލުކޮށްފައި. އެތަކެތި މަދުވަމުންދާވަރަކުން އަޅުގަނޑު ތަކެތި ހޯދަދޭނަން. މީގަ އޮންނާނެ ގޮތަކީ މައްޔިތާގެ އާއިލާގެ ފަރާތުން ކަށުކަމާކެމީގެ ކަންތަކުގަ އުޅުއްވާ ފަރާތްތަކުގައި އެދުނީމަ އިރާދަކުރެއްވިއްޔާ އެކަން ހަމަޖެހިގެން ދާނެ. އަމިއްލައަށް އެކަން ހަމަޖައްސަން ބޭނުންވާ ފަރާތްތަކަށް މިހާރެކޭ އެއްގޮތައް އެފުރުސަތުވެސް އޮންނާނެ”

އުނގޫފާރުގައި ކުރިން ބޭނުންކުރަމުންއައި ހިނަވާގޭގެ ބަދަލުގައި އަމިއްލަ ފަރާތަކުން އުނގޫފާރުގައި މުޅިންއާ ހިނަވާ ގެއެއް ސަހަރާގެ ސަރަހައްދުގައި އިމާރާތްކޮށް ހުޅުވާފައިވަނީ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. ކުރިން ބޭނުންކުރަމުންއައި ހިނަވާގެ ނަގަން ޖެހިފައިވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ގޯތީގެ ސަރަހައްދު ބޮޑުކުރުމަށާއި އަދި ހޮސްޕިޓަލްގެ އިރުން ހެދުމަށް ހަމަޖެހިފައިވާ މަގު ހެދުމަށެވެ.

އުނގޫފާރަކީ ރ އަތޮޅު ހިމެނޭ ރީޖަންގެ މައިހޮސްޕިޓަލް ހުރި ރަށެވެ. މިހެންވުމުގެ ސަބަބުން ރީޖަންގެ ހަތަރު އަތޮޅުގެ އިތުރުން އެހެން އަތޮޅުތަކުންވެސް ސިއްހީ ހިދުމަތް ހޯދުމަށް އެތަކެއްބަޔަކު ކޮންމެ ދުވަހަކު އުނގޫފާރަށް ދަނީ ޒިޔާރަތް ކުރަމުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close