ޚަބަރުރ.އަތޮޅު

އަލިފުށި ގެއަކުން ވަގަށްނެގި ފައިސާތަކެއް ހޯދައި ވެރިފަރާތާ ހަވާލުކޮށްފި

ރ. އަލިފުށީގައި ބިދޭސީއަކު ދިރިއުޅޭ ގެއަކުން ފައިސާތަކެއް ވަގަށްނަގާފައިވާ ކަމަށް މި ޖުލައި މަހުގެ 5 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އެ ފައިސާތައް ހޯދައިފިއެވެ.

ޕޮލިސްލައިފް ވެބްސައިޓްގައި ބުނެފައިވާގޮތުން ޖުލައި 5 ވަނަ ދުވަހު އަލިފުށި ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގެ ތެރެއިން އެ ރަށުގެ ތިން ގެއެއް ބަލައި ފާސްކޮށް 19000 ރުފިޔާ ވަނީ ހޯދާފައެވެ. އަދި އެ ފައިސާތައް މިހާރުވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާއިރު މި މައްސަލަ އަލިފުށީ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close