ޚަބަރުރ.އަތޮޅުކޮވިޑް-19

އަލިފުށީގެ އެކްޓިވް ކޭސްތައް 10 އަކުން ދަށުގައި

ހަލުވިކަމާއެކު ކޮވިޑް ކޭސް ތައް ފެތުރެމުންދިޔަ ރ. އަލިފުށިން އެކްޓިވް ކޭސްތަކުގެ ވަރަށް ބޮޑަށް ދައްވެ އަދަދު 10 އަކުން ދަށުގައި ހިފެހެއްޓިފައި ހުންނަތާ މިއަދަށްމިއީ 5 ވަނަ ދުވަހެވެ.

އަލިފުށީ ހެލްތު ސެންޓަރުން އިއްޔެ ހާމަކޮށްފައިވާ މައުލޫމާތުގައި ވާގޮތުން ރޭގެ 10:00 އާއި ހަމައަށް އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 6 ދިވެހިންނާއި 1 ބިދޭސީއެކެވެ. އަލިފުށިގެ ކްލަސްޓަރއިން މިހާތަނަށް 243 މީހުން ޕޮސިޓިވް ވެފައިވެއެވެ. އެއީ 189 ދިވެހިންނާއި 54 ބިދޭސީންނެވެ.

6 އަހަރުގެ ކުޑަކުއްޖަކު ޕޮޒިޓިވްވެ އަލިފުށި މޮނިޓަރިންގ އަށް ލާފައިވަނީ މެއި 24 ވަނަ ދުވަހުއެވެ. އަލާމާތްތައް ފެނި ސާމްޕަލް ނަގައި ޓެސްޓުކުރި މި ކުއްޖާއަކީ މި ފަހުން އެއްވެސް ރަށަކަށް ދަތުރު ކޮށްފައިވާ ކުއްޖެއް ނޫންނެވެ.

ރ. އަތޮޅުން 4 ރަށެއް މިވަގުތު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އެ 4 ރަށަކީ އަލިފުށި، ދުވާފަރު، ފައިނު އަދި މީދޫއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close