ޚަބަރުރ.އަތޮޅުކޮވިޑް-19

ދުވާފަރުގެ ކޮވިޑް ހާލަތު – ހަފްތާ ނިމުނުއިރު އެކްޓިވް ކޭސް 181 އަށް

މެއި 25 ވަނަ ދުވަހު ފެނުނު ސަމަންދަރު ބޯޓް ކްލަސްޓަރ އިން ހަފްތާ ނިމުނު އިރު އެކްޓިވް ކޭސްތަކުގެ އަދަދު 181 އަށް އިތުރު ވެއްޖެއެވެ.

ދުވާފަރު ހެލްތު ސެންޓަރުން ހާމަ ކުރަމުންދާ މައުލޫމާތައް ބަލާއިރު ޖުލައި 1 ވަނަ ދުވަހުން ޖުލައި 7 ވަނަ ދުވަހުގެ ނިޔަލަށް 332 ސާމްޕަލް ނަގާފައިވާއިރު އޭގެތެރެއިން 104 ސާމްޕަލްއެއްވަނީ ޕޮޒިޓިވް ވެފައެވެ.

ޖުލައި 1 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހަށް ބަލާއިރު ޕޮޒިޓިވްވާ އަދަދު 20 ދަށުގައި ހުރުމަށްފަހު ބުދަދުވަހުވަނީ 34 އަށް އިތުރު ވެފައެވެ. އަންގާރަ ދުވަހު 3 މީހުން ހޯމަ އަދި އާދީއްތަ ދުވަހު 14 މީހުން ހޮނިހިރު ދުވަހު 20 މީހުން ހުކުރު ދުވަހު 13 މީހުން އަދި ޖުލައި 1 ވީ ބްރާސްފަތި ދުވަހު ޕޮޒިޓިވް ވެފައިވަނީ 6 މީހުންނެވެ.

ދުވާފަރުން މިހާތަނަށް 3508 ސާމްޕަލް ޓެސްޓް ކުރެވިފައިވާއިރު އޭގެތެރެއިން 296 މީހުން ޕޮޒިޓިވް ވެފައިވެއެވެ.

ސަމަންދަރު ބޯއްޓުގެ ކްލަސްޓާއާއި ގުޅިގެން ދުވާފަރު މޮނިޓަރިންގ އަށްލާފައިވަނީ މެއި 25 ވަނަ ދުވަހުއެވެ.

ރ. އަތޮޅުން 4 ރަށެއް މިވަގުތު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އެ 4 ރަށަކީ އަލިފުށި، ދުވާފަރު، ފައިނު އަދި މީދޫއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close