ޚަބަރުރ.އަތޮޅުކޮވިޑް-19

މީދޫގެ ކޮވިޑް ހާލަތު – ޕޮޒިޓިވް ކޭސް ތަކުގެ އަދަދު 43 އަށް

މީދޫގައި މާލެދަތުރު ކުރާ ނާލު ބޯޓު “ހަޒާރު” ގެ 4 ފަޅުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވެ ފެނުނު ކްލަސްޓަރ އިން މިހާތަނަށް 43 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

މީދޫ ހެލްތު ސެންޓަރުން ހާމަކުރަމުންދާ މައުލޫމާތަށް ބަލާއިރު ޖުލައި 6 ވަނަ ދުވަހު 10 މީހަކު މިކްލަސްޓަރ އިން ޕޮޒިޓިވް ވެފައިވެއެވެ. އެއީ ޑައިރެކްޓް ކޮންޓެކްޓް 2 ސާމްޕަލް އާއި ޑައިރެކްޓް ކޮންޓެކްޓް ފުލޫ 6 ސާމްޕަލް އާއި ފުލޫ އަދި ސިމްޓޮމެޓިކް 2 ސާމްޕަލްއެވެ. މި ކްލަސްޓަރ އިން ޕޮޒިޓިވްވި ފަރާތްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި 280 އަށްވުރެ ގިނަ މީހުން ހޯމް ކަރަންޓީނުގައި މިހާރު އެބަތިއްބެވެ.

މިކްލަސްޓަރ އާއި ގުޅިގެން މީދޫ މޮނިޓަރިންގ ހާލަތަށް ގެނެސްފައިވަނީ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close