ޚަބަރުރ.އަތޮޅުކޮވިޑް-19

ފައިނުގެ ކޮވިޑް ހާލަތު – އެކްޓިވް އެންމެ ކޭސްއެއް

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ކޭސްތަކެއް ރ ފައިނުން ފެނި އެރަށް މޮނިޓަރިންގެ ހާލަތަށް ގެނައިތާ މަހަކަށްވުރެ ގިނަދުވަސް ވެފައިވާއިރު އެރަށުގެ ހާލަތު ރަގަނޅުވެ އެކްޓިވް ކޭސްތަކުގެ އަދަދު 1 އަށް ދަށް ވެއްޖެއެވެ.

ފައިނު ހެލްތު ސެންޓަރުން އުނގޫފާރު ޑޮޓްކޮމްއަށް މައުލޫމާތު ދެއްވަމުން އިބްރާހީމް ޝިޔާމް ފާހަގަކުރެއްވި ގޮތުގައި ޖޫން 4 ގައި ފުރަތަމަ ދެ ކޭސް އެއް ފައިނުން ޕޮޒިޓިވް ވީފަހުން މިހާތަނަށް ޖުމުލަ 37 ކޭސް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި މިހާރު މީގެތެރެއިން 36 މީހަކު ބަލިން ރަގަނޅުވެ އެކްޓިވް ކޭސް އެއްގެ ގޮތުގައި ހުރީ އެއްމެ ފަރާތެއް ކަމަށެވެ.

ވެސް ފެނިއްޖެއެވެ. ފައިނުން މި ބަލި ފެނިފައި މިވަނީ މިމަހުގެ 4 ވަނަ ދުވަހު ނެގި ފްލޫ ދެ ސާމްޕަލެއް ޕޮޒިޓިވް ވެގެން ރިޕޯޓްކުރުމައި އެކުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއްމެ ފުރަތަމަ ޕޮޒިޓިވްވީ ދެފަރާތް ޑޮކްޓަރަށް ދައްކާފައިވަނީ ރޯގާގެ އަލާމާތްތައް ހުރެގެން މި ޖޫންމަހުގެ 4 ވަނަ ދުވަހުއެވެ. ސާމްޕަލް ނަގާފައިވަނީ ބަލިމީހާގެ އެދުމުގެ މަތިންނެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close