Uncategorizedޚަބަރުރ.އަތޮޅު

ދުވާފަރުން ކޮވިޑް ޖެހުނު މީހަކު ނިޔާވެއްޖެ

ރ. ދުވާފަރުން ކޮވިޑް-19 އަށް ފައްސިވި މީހަކު ނިޔާވެއްޖެއެވެ. މިއީ ދުވާފަރުން މި ބަލީގައި ނިޔާވި ފުރަތަމަ މީހާއެވެ.

އުނގޫފާރު.ކޮމް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ 60 އަހަރުގެ ފިރިހެނެކެވެ. އޭނާ ނިޔާވެފައި ވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ.

ދުވާފަރުން ކޮވިޑަށް ފައްސވި މި މީހާ އިތުރު ފަރުވާއަށް ފުރަތަމަ ބަދަލުކޮށްފައި ވަނީ އޭދަފުށި ކޮވިޑް ފެސިލިޓީއަށެވެ. އެހެން ނަމަވެސް އިތުރު ފަރުވާއަށް އޭނާ ހުޅުމާލެ ފެސިލިޓީއަށް ފަހުން ބަދަލުކުރީއެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close