ޚަބަރުރ.އަތޮޅު

އޮކިއުޕޭޝަނަލް ތެރަޕީ ދާއިރާއިން މަތީ ތަޢުލީމް ޙާސިލް ކުރުމަށް ސްކޮލަރޝިޕްތަކެއް

ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ސްކޮލަރޝިޕްގެ 7 ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލާފައި ވަނީ އިންޑިއާގެ މަނިޕާލް އެކަޑެމީ އޮފް ހަޔަރ އެޑިއުކޭޝަން އިން ބެޗްލަރސް އޮފް އޮކިއުޕޭޝަނަލް ތެރަޕީ ކޯހަށެވެ.

މި ކޯހުގެ 7 ފުރުސަތު ވަނީ ރާއްޖޭގެ 7 ސަރަހަށްދަކަށް ބަހާލައިގެން ކޮންމެ ސަރަހައްދަކުން ވެސް 1 ފަރާތަކަށް ފުރުސަތު ދޭ ގޮތަށެވެ. އެ 7 ސަރަހަށްދަކީ:

ހދ. އަތޮޅު ރީޖަނަލް ހޮސްޕިޓަލް

ރ. އަތޮޅު ރީޖަނަލް ހޮސްޕިޓަލް

ލ. ގަން ރީޖަނަލް ހޮސްޕިޓަލް

ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް

ފުވައްމުލަކު ހޮސްޕިޓަލް

މާލެ ސަރަޙައްދު

ހަޔާރ އެޑިއުކޭޝަނުން ބުނި ގޮތުގައި މިސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް (ދެކޮޅު ޓިކެޓް، ސްޓައިޕެންޑް، އެސްޓަބްލިޝްމަންޓް އެލަވަންސް، ބުކް އެލަވަންސް، ކޯސް ފީ އަދި އިންޝުއަރެންސް) ހަމަޖައްސަވާނީ، ތެރަޕިއުޓިކް ދާއިރާއިން ދިވެހިން ތަމްރީނުކުރުމަށް މި މިނިސްޓްރީއާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަދި ބައެއް އަމިއްލަ ފަރާތްތަކާ ގުޅިގެން މިކަމަށް ހާއްސަކުރެވިފައިވާ ސްކީމުގެ ދަށުންނެވެ.

މި ސްކޮލަރޝިޕްތަކަށް އެދި އެޕްލިކޭޝަން ހުށައެޅުމުގެ ސުންގަޑިއަކީ 22 އޮގަސްޓް ވާ އާދިއްތަ ދުވަހުގެ 23:32 އެވެ. މި ސްކޮލަޝިޕަށް އެދި ހުށައެޅުމުގެ ޝަރުތުތަކާއި އިތުރު މައުލޫމާތު ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ.

މި ސްކޮލަރޝިޕްތަކާ ގުޅޭ އިއުލާން

 

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close