ޚަބަރުރ.އަތޮޅު

ރ. އަލިފުށި މޮނީޓަރިންގް އިން ނަގައިފި

ރ. އަލިފުށި މޮނީޓަރިންގެ ހާލަތުން ނަގައިފިއެވެ. އަލިފުށި މޮނީޓަރިންގް އިން ނަގާފައި ވަނީ ކޮވިޑް އިތުރަށް ފެތުރިފައި ވޭތޯ ބެލުމަށް ނެގި ހުރިހާ ރެންޑަމް ސާންޕަލެއް ނައްސިވުމުންނެވެ.

ގާތްގަނޑަކަށް 2 މަސް ދުވަސް ފަހުން އަލިފުށި މިނީޓަރިންގް އިން ނަގާފައި ވާއިރު އެ ރަށުން 243 މީހަކަށް ބަލިޖެހިފައިވެއެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކު ބަލިން  ރަނގަޅުވެ، އަލިފުށީގެ އެކްޓިވް ކޭސްގެ އަދަދު މިހާރު ވަނީ 8 އަށް ވުރެ ދަށްވެފައެވެ.

އަލިފުށި މޮނީޓަރިންގް އަށް ލާފައި ވަނީ މެއި 24 ވަނަ ދުވަހު ބަލީގެ އަލާމަތްތައް ފެންނާތީ ފުލޫ ކުލިނިކަށް ދެއްކި ކުޑަކުއްޖަކު ބައްޔަށް ފައްސިވުމާ ގުޅިގެންނެވެ. އޭގެ ފަހުން އަލިފުށީގައި ކޮވިޑް-19 ގެ ބޮޑު ކުލަސްޓާރ އެއް އުފެދުނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close