ޚަބަރު

ޔޫއާރުއެޗުން ގާފަރު އަދި ކާށިދޫގައި ކުރިއަށް ގެންދިޔަ އައުޓްރީޗް ޕްރޮގްރާމް ނިންމާލައިފި

އުނގޫފާރު ރީޖަލް ހޮސްޕިޓަލުން ކ ގާފަރު އަދި ކާށިދޫގައި ކުރިއަށްގެންދިޔަ އައުޓްރީޗް ޕްރޮގްރާމް މިއަދު ނިންމާލައިފިއެވެ.

ޔޫއާރުއެޗުން މައުލޫމާތު ދެއްވިގޮތުގައި ދެދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެދެރަށުން ޖުމުލަ 194 ބަލިމީހުން ބަލާފައިވާ ކަމަށެވެ. އެއީ ގާފަރުން 116 މީހުންނާއި ކާށިދޫއިން 78 މީހުންނެވެ.

ޔޫއާރުއެޗުން ގާފަރު އަދީ ކާށިދޫއަށް ކުރި މިދަތުރުގައި އެހޮސްޕިޓަލްގެ ސްޕެޝަލިސްޓް 4 ޑޮކްޓަރުން ބައިވެރިވެފައިވެއެވެ. އެއީ އަންހެނުންގެ ހާއްސާ ޑޮކްޓަރ، ހަމުގެ ހާއްސަ ޑޮކްޓަރ، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރ އަދި ސްކޭން ޑޮކްޓަރއެވެ.

ހުކުރު ދުވަހު ހަވީރު ފެށި މިދަތުރު ނިންމާލުމަށްފަހު ޔޫއާރުއެޗްގެ ޓީމް އެނބުރި އުނގޫފާރަށް އައިސްފައިވަނީ މިއަދު ހަވީރުއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close