ޚަބަރުރ.އަތޮޅު

ދުވާފަރު ޕްރައިމަރީ ސްކޫލްގެ ޕްލޭ އޭރިއާގައި ޓާފް އަޅައިފި

ރ. ދުވާފަރު ޕްރައިމަރީ ސްކޫލްގެ ޕްލޭ އޭރިއާގައި ޓާފް އަޅައިފިއެވެ.

މި މަސައްކަތަކީ ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ. އަދި މި ޕްރޮޖެކްޓަށް ފަންޑް ހަމަޖައްސާފައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ އެކީގައެވެ.

ދުވާފަރު ޕްރައިމަރީ ސްކޫލުން އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދިން ގޮތުގައި މި ޕްރޮޖެކްޓަށް ސްކޫލްގެ ސީނިއާމެނޭޖްމެންޓުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދިޔައެވެ. އަދި  މި މަސައްކަތަށް ދުވާފަރު ރައްޔިތުން ފަރާތުން އަދި އެމްޓީސީސީގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދިޔައެވެ.

މިއީ ރ. އަތޮޅު ސްކޫލެއްގައި ޓާފް އަޅައިގެން މި ގޮތަށް ތަރައްޤީ ކުރި ފުރަތަމަ ދަނޑެވެ. މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތަކުން ބުނި ގޮތުގައި ކުރިއަށް އޮތް ހަފުތާގައި ދުވާފަރު ސެކަންޑަރީ ސްކޫލްގެ ޕްލޭ އޭރިއާ ވެސް ޓާފް އަޅައިގެން ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަފުތާއެއްގެ ތެރޭގައި ދުވާފަރު ސެކަންޑަރީ ސްކޫލްގެ ޓާފް ދަނޑުވެސް ބޭނުން ކުރެވެން ފެށޭނެއެވެ.

 

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close