ޚަބަރުރ.އަތޮޅު

ދުވާފަރު ހެލްތު ސެންޓަރު ދޮށަށް ބަޔަކު އެއްވެ ނުރުހުން ފާޅުކުރަނީ

ރ. ދުވާފަރު ހެލްތު ސެންޓަރު ދޮށަށް ގިނަ ބަޔަކު އެއްވެ ނުރުހުން ފާޅުކުރަން ފަށައިފިއެވެ. އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެއްވެފައިވާ މީހުން ނުރުހުން ފާޅު ކުރަމުން ދަނީ ދުވާފަރުގެ ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެފައިވާ މައްސަލާގައެވެ.

ދުވާފަރުން ކޮވިޑް-19 ޖެހިގެން 4 ވަނަ މީހަކު މިރޭ ވަނީ ނިޔާވެފައެވެ.

އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދިން މީހަކު ބުނި ގޮތުގައި ދުވާފަރު ހެލްތު ސެންޓަރު ދޮށަށް ގިނަ ބަޔަކު އެއްވެ މުޒާހަރާ ކުރަމުން ދަނީ މިއަދު ކޮވިޑް-19 ގައި ނިޔާވި މީހާއަށް ފަރުވާ ދިނުމުގައި ކަމާ ބެހޭ ފަރާތްތަކުން އިހުމާލުވެފައިވާ މައްސަލައަކާ ގުޅިގެންނެވެ.

ދުވާފަރުން މިހާތަނަށް 500 އަށް ވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ފައްސިވެފައެވެ.

(އިތުރު ތަފްސީން އަންނަނީ)

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close