ޚަބަރުރ.އަތޮޅުކޮވިޑް-19

އެސްޓްރަޒެނިކާ ވެކްސިން ރ އަތޮޅުގެ ހުރިހާ ރަށަކަށް ފޮނުވައިފި

އެސްޓްރަޒެނިކާ ވެކްސިން ރ އަތޮޅުގެ ހުރިހާ ރަށަކަށް ފޮނުވައިފި ކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.

އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން ހޮސްޕިޓަލުން ބުނެފައިވަނީ އެސްޓްރަޒެނިކާ ވެކްސިން ޔޫއާރުއެޗް އަށް ލިބުމުން މިހާރު ވަނީ ރ އަތޮޅުގެ ހުރިހައި ރަށްތަކަށް ފޮނުވާފައި ކަމަށެވެ.

“އަޅުގަނޑު މެންނަށް ވެކްސިން ލިބިފައިވަނީ މި ބަންދު ނިމެން އުޅެނިކޮށް ޖުލައި މަހުގެ ފަހުކޮޅު. ލިބުމާއެކު ވެކްސިން ރަށްރަށަށް ފޮނުވުމުގެ މަސައްކަތް އަޅުގަނޑުމެން ފެށިން. އެންމެ ފަހުރަށަކަށް އިއްޔެ ވެކްސިން މި ފޮނުވުނީ އަނގޮޅިތީމަށް. މިހާރު ބައެއްރަށްތަކުގައި ވެކްސިން ދިނުން ފެށިގެން ކުރިއަށް އެބަދޭ. އުނގޫފާރުގައިވެސް މާދަމާ ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިއަށްދާނެ” މެނޭޖަރ ޒަޔާން ވިދާޅުވިއެވެ.

ކޮވިޝީލްޑް ވެކްސިން ހޯދުމުގައި ދަތިވެފައި ވާތީ އެޗްއީއޯސީން ނިންމާފައިވަނީ ފުރަތަމަ ޑޯޒް ޖަހާފައި ތިބި މީހުންނަށް ދެ ވަނަ ޑޯޒުގެ ގޮތުގައި އެސްޓްރަޒެނެކާ ވެކްސިން ދޭށެވެ. މި ދެ ވެކްސިނަކީ ވެސް އެއް ފޯމިއުލާ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ދެ ވެކްސިނެވެ.

ވެކްސިން ޖެހޭ އާބާދީގެ 300،000 އަށްވުރެ ގިނަ މީހުން ފުރަތަމަ ޑޯޒު ޖަހާފައިވާއިރު، 50 ޕަސެންޓަށްވުރެ ގިނަ މީހުން ދެ ޑޯޒު ފުރިހަމަކޮށްފައި ވެ އެވެ. އެއްވެސް ޑޯޒެއް ނުޖަހާ ތިބީ 27 ޕަސެންޓް މީހުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close