ޚަބަރުކުޅިވަރުތައުލީމް

އުނގޫފާރު ސްކޫލްގެ ޕްލޭ އޭރިޔާގައި ޓާފް އެޅުމުގެ މަސައްކަތް ފަށައިފި

އުނގޫފާރު ސްކޫލްގައި ތަރައްޤީ ކުރަމުންދާ ޕްލޭ އޭރިޔާގައި ޓާފް އެޅުމުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ.

ހަހާސް ފައްސަތޭކަ އަކަފޫޓަށްވުރެ ބޮޑު ސަރަހައްދެއްގައި ތަރައްޤީ ކުރަމުންދާ މި ޕްލޭއޭރިއާ ތަރައްޤީކުރުމުގައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އާއި އެމްޓީސީސީގެ އުނގޫފާރު ސައިޓްގެ އިތުރުން ހާއްސަކޮށް އުނގޫފާރު ސްކޫލްގެ މުވައްޒަފުންގެ އެހީތެރިކަން ވަރަށްބޮޑަށް އުނގޫފާރު ސްކޫލަށް ލިބިފައިވެއެވެ.

ފާއިތުވި ހަފްތާތެރޭގައި ވަނީ ރ. ދުވާފަރު ޕްރައިމަރީ ސްކޫލްގެ ޕްލޭ އޭރިއާގައިވެސް ޓާފް އަޅައި ނިންމާލާފައެވެ. މިއީ ރ. އަތޮޅު ސްކޫލެއްގައި ޓާފް އަޅައިގެން މި ގޮތަށް ތަރައްޤީ ކުރި ފުރަތަމަ ޕްލޭ އޭރިއާއެވެ.

ފުޓްސަލް ދަނޑަކާއެކު އުނގޫފާރު ސްކޫލްގައި ތަރައްޤީކުރި މި ޕްލޭ އޭރިއާއަކީ ރ އަތޮޅު ސްކޫލެއްގައި މިގޮތައް ޓާފް އަޅައިގެން ތަރައްޤީކުރި ދެވަނަ ޕްލޭ އޭރިއާއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close