މުނިފޫހި ފިލުވުން

ބިޓު – ފުރަތަމަ ބައި

އަޅުގަނޑުމެން އަބަދުވެސް ލިޔުންތެރިންނަށް މަރުހަބާ ކިޔަމެވެ. ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މިވާހަކަ އަކީވެސް އެފަދަފުރުސަތެއްގެ ބޭނުން ހިފައި ފޮނުވާފައިވާ ވާހަކައެކެވެ. ކިޔުންތެރިންނަށް ވާހަކަ ރީތިވާނެ ކަމަށް އުއްމީދު ކުރަމެވެ،

ވާހަކަ ލިޔުނީ: މއ

ސިނާހު ބޭރަށް ނުކުތީ މީގެ 5 އަހަރުކުރިން އެއްކޯހެއްގައި ކިޔަމުންދިޔަ ރިޔާޒު ގުޅުމުން ވާހަކަދައްކާލާށެވެ. މި ދެ ރަހުމަތްތެރިންނަކީ ކޯހުގައި އުޅުނުއިރު ގާތް ރަހުމަތްތެރިންނެވެ. ރިޔާޒު ކޯސް ނިންމާލިގޮތަށް ބަދަލުވީ ރަށުގެ ވަޒީފާއަކަށެވެ. ސިނާހުއަކީ އޭރުވެސް ޒިންމާދާރު ވަޒީފާއެއްގައި އުޅެމުން އައި  ޒުވާނެކެވެ. މި ދެ ރަހުމަތްތެރިން ނުފެނުނެތްކަމު އަބަދުވެސް ހާލުބަލާ ގުޅާހަދައެވެ. ވަޒީފާގެ ގޮތުން ބައެއް ފަހަރު ނުގުޅިދާ ދުވަސްތައް ވެސް އާދެއެވެ.

ރިޔާޒު މާލެ ދިޔައީ އަބަދު ބޮލުގައި ރިއްސާފައި ހުންނާތީ ރަށު ސިއްހީ މަރުކަޒުން ޓެސްޓްތަކެއް ހަދަން ބުނެގެންނެވެ. މާލެ ފޭބިގޮތަށް ކުލީ ކޮޓަރިއަށް ވަދެ، ފެންވަރައިގެން ދިޔަގޮތަށް ދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. އޭޑީކޭ ހޮސްޕިޓަލް ދިޔައީވެސް އަވަހަށް ޓެސްޓްތައް ހަދާ ބޭސްފަރުވާގެ ހުރިހާކަމެއް ނިންމާލާށެވެ. އެހެންނަމެވެސް ޑޮކުޓަރު ކޮޓަރިއަށް ވަންނަން އަދި 7 ނަމްބަރު ކުރިއަށް އޮތެވެ. އެހެންކަމުން ރިޔާޒު ފޯނު ނަގާ ސިނާހުއަށް ގުޅިއެވެ.

ސިނާހު ހުރީ ހިތްހަމަނުޖެހިފައެވެ. އެއީ ރިޔާޒު އައިސް ސިނާހުއަށް ނުގުޅީމައެވެ. ސިނާހު ރިޔާޒުއާއި އެތައް އިރެއް ވަދެން ވާހަކަދެއްކުމަށް ފަހު ފޯނު ބޭންވީ އެރޭ 9.00 ޖަހާއިރު ކެއުމަކަށް ދަޢުވަތު ދީފައެވެ. ޑޮކުޓަރު ކޮޓަރި ނަމްބަރު ޖެހުމުން ރިޔާޒު ކޮޓަރިއަށް ވަނެއެވެ.

ސިނާހު ރިޔާޒު ހިފައިގެން އުޅޭ ކުލީ ކޮޓަރި ދޮށަށް ގޮސް ގުޅިއެވެ. ދެމީހުން ވެސް އެކަކު އަނެކަކު ފެނުމުން ބުނެދޭން ނޭނގޭ ކަހަލަ އުފާވެރިކަމެއް އިހުސާސް ކުރެވުނެވެ. ދެމީހުންވެސް އަތާ އަތް ޖޯޑްކޮށްލަމުން ބޭރަށް ނުކުތެއެވެ. ސައިކަލަށް އަރާ ދުއްވާލިއެވެ.

ރިޔާޒު މާލެއަށް ވަރަށް ފަރިތައެވެ. މަޖީދީމަގުން އެއްގޯޅިން އަނެއް ގޯޅިއަށް އަޅަމުން ދަނީ ނުހަނު ހަލުވިކަމާއި ފަރިތަކަމާއެކުއެވެ. ސައިކަލް ގޮސް މަޑުކޮށްލީ މަސްހޫރު ރެސްޓޯރެންޓަކަށެވެ. އެ ހަލަބޮލި މާހައުލު ހަމަހިމޭން ކޮށްދިނީ ރެސްޓޯރެންޓްގެ އެތެރެއެވެ. ދެމީހުންވެސް އެތަނުން މޭޒެއްގައި އިށީދެ ހަމަޖެހިލިއެވެ. ކާން ބޭނުންވަނީ ކޯޗެއް ތޯބެލުމަށް އަދަބުވެރިކަމާއެކު ވޭޓަރެއް އައިސް ސުވާލުކޮށް ބޭނުންވާ ކާތަކެތީގެ ލިސްޓެއް ނަގައިގެން ދިޔައެވެ.

ދެމީހުންވެސް ތިބީ ވަރަށް އުފަލުންނެވެ. ކޯހުގައި އުޅުނިއިރު ހިނގާފައިހުރި މަޖާ ކަންތައްތަކުގެ ވާހަކަތައް ކިޔަމުންދިޔައީ ހެމުން، އެކަކު އަނެކަށް މަލާމާތް ކުރަމުންނެވެ. ރިޔާޒު ސިނާހު ގާތު އެހިއެވެ.

ސިނާހު ތީ ކޯހުގައި އުޅުން އިރުވެސް ވަރަށް ބިޓިން މީހެއް ނު! ކޮބާ ބިޓެއް ކަންތައް މިހާރު ނުޖައްސަންތަ!

ކުއްލިއަކަށް ސިނާހުގެ މޫނު މަތީގެ ކުލަވަރު ބަދަލުވިއެވެ. އަދި ބުންޏެ! ބިޓެއްގެ ކަންތައް ޖެއްސިން!

ރިޔާޒު. ދެންވީ ކީއްތަ!

ސިނާހު ވީގޮތް ކިޔައިދޭން ފެށިއެވެ.

މީގެ އެއްމަސް ކުރިން އަހަރެން އޮފީސް ނިންމާލާފައި ގެޔަށްއައިސް ނިދަން އޮންނަމުން އެފްބީއަށް ވަންއިރު އެބައިން ފުރެންޑް ރިކުއިސްޓެއް އައިސްފައި. ދެން މާ ބޮޑުކަމަކަށް ނުހަދާ ނިދީއެވެ. ޖެހިގެން އައިދުވަހު އޮފީސް ނިންމާލައިފައި އައި މަގުމާތީ އޭނާގެ ޕްރޮފައިލް ބަލާފައި އެޑްކޮށްލީމެވެ. އޭނަ ނަމަކަށް ލިޔެފައި އޮންނަނީ “ހައި ޕްރިންސެސް” މިހެންނެވެ.

ހައި ޕްރިންސެސް އާއި ރަހުމަތްތެރިވީތާ ދެދުވަސް ނުވަނިސް ވާހަކަދައްކަން ފަށައިފިއެވެ. އަހަރެން ވާހަކަ ނުދައްކަން ހުއްޓަސް އޭނަ އަހަންނާ ވާހަކަދައްކަން މަސައްކަތްކުރެއެވެ. އަހަރެން އޭރުވެސް ބޮލުގައި ރިއްސާލައެވެ. އެންމެފަހުން ތިންވަނައަށްވީ ދުވަހު އޭނަ އާއި ބައްދަލުކޮށްލުމަށް ނިންމީމެވެ. މިހެން ބުނުމާއެކު ރިޔާޒު ހޭން ފެށިއެވެ. ހަމަ އެވަގުތު ސިނާހުވެސް ތީއޭ ކަލޭ މައްސަލަކީ އޭ ކިޔާފައި ހޭންފެށިއެވެ.

ވޭޓަރު އޯޑަރު ކުރި ކާއެއްޗެހި ގެނިސްފިއެވެ. އަނެއްކާވެސް ރިޔާޒު، ކޮންތާކަށް ބައްދަލުކުރަން ދިޔައީ؟ ދެން ކިހިނެއްވީ؟ ރިޔާޒު ކަމުން ވާހަކަދައްކަން ފެށިއެވެ.

އެފްބީއިން ވާހަކަދެއްކިތާ ތިންވަނައަށްވީ ދުވަހު ފޯނުން ވާހަކަދައްކާ ބައްދަލުކޮށްލުމަށް އެދުނެވެ. އަހަރެން އެނާ އާއި ބައްދަލުކޮށްލުމަށް ދިޔައީ ހުޅުމާލެއަށެވެ. އޭނަ އަހަރެންނާ ހުންނަނީ އަބަދު ގުޅާފައި އޭނަގެ މެސެޖެއް ނާންނަ އިރެއް މަދުވާނެވެ. އަހަރެން ބައްދަލުކޮށްލަން ހުޅުމާލެ ދާން ބުނި ހިސާބުން އޭނަ އިންތިޒާރުގައި މަޑުކޮށްގެން ހުންނަ ވާހަކަ ބުންޏެވެ.

ހުޅުމާލެއަށް ނުދެވެނިސް އޭނާ ގުޅަށް ފަށައިފިއެވެ. އޭނާ ހުރިތަނާއި ލައިގެން ހުރި އެއްޗެހި ބުނެދިނެވެ. އަހަރެން ފޯނުން ވާހަކަދައްކަމުން ކުރިޔަށް ހިނގައި ގަންތަނާ ފަހަތުން އަންހެނަކު ގޮވައިލައިފިއެވެ. އޭނާގެ މޫނު ދޮނެވެ. ބަލާލަން ރީއްޗެވެ. ދިއްލާފައިވާ އެކި ބޮކިތަކުން ކަމަށްވެސް ވެދާނެއެވެ. ދެ މީހުންވެސް ވާހަކަދައްކަމުން ގޮސް ހުޅުމާލޭ  ޓާމިނަލް ކައިރި ރެސްޓޯރެންޓަކަށް އެރީމެވެ. އަހަންނާ އޭނަ ދިމާވީންސުރެ ވާހަކަދެއްކުންވީ އިތުރެވެ. ހީވަނީ ކިތައްމެ ދުވަހެއް ހެން ދެމީހުން ދެކިފަރިތަ ވީތާ، ކެއުން ފެށިގެން ކުރިއަށް ދިޔައިރުވެސް އޭނަ ވާހަކަދައްކައެވެ. އޭނަ ސައިކަލް ބުރުޖަހަން ދާހިތްވާ ވާހަކައާއި، އޭނަ ގަޔާވާކަންކަމުގެ ވާހަކަތައް ދެއްކިއެވެ. އަދި މިއީ އޭނާއާ ބައްދަލުވި ފުރަތަމަރެއެވެ. އޭނާގެ ރައްޓެހިންނާއި ބައްދަލުކުރުވަން ބުންޏެވެ. އަހަރެން ހުރީ ހަމަ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަހަރެން އޭނާ ގާތުން އަހާލި ހަމައެކަނި ސުވާލަކީ ” ތީނަގެ އުމުރަކީ…؟ މިހެންނެވެ. އޭނަ ބުންޏެވެ؟ މި އަހަރު ޖަނަވަރީ 26 ގައި 50 އަހަރު ފުރިއްޖެކަމަށެވެ.

ވަގުތުން ރިޔާޒު އަނގަޔަށް އެޅި ފެންފޮދު ބުރުވައިލިއެވެ. ދެމީހުންވެސް އެއްފަހަރާ ހޭންފެށިއެވެ. ރިޔާޒު ދެންވީ ކިހިނެއްތޯ ސިނާހުގާތު އެހީ ހެމުންނެވެ. ސިނާހު ހެމުންބުންޏެވެ. ކަންދިމާ ކުރިގޮތުން އެވަގުތު އޮފީހުން ގުޅިއެވެ. އަދި މީޓިންއޮތް ވާހަކަ ބުނެފައި އަހަރެން އައީ މާލެއަށެވެ. ފަހުންވެސް އޭނަ އަހަރެންނަން ވަރަށްގުޅިއެވެ. އަހަރެން އޭނައަށް ދިން ޖަވާބަކީ ކުރީގެ ލޯބިވެރިޔާ އަހަރެންނާއި ގުޅުނު ވާހަކައެވެ. އަދި އިންނަން އުޅޭ ވާހަކައެވެ. އޭގެ ފަހަކުން އަދި ނުގުޅައެވެ.

ސިނާހު ރިޔާޒު ހިފާފައި ހުރި ކުލީ ކޮޓަރި ހުންނަގޭ ދޮށަށް ސައިކަލް މަޑުކޮށްލުމަށްފަހު، މާދަމާ ގުޅާނަމޭ ބުނެ ސަލާންކޮށްލުމަށްފަހު ދިޔައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close