ޚަބަރު

އުފާގެ ހަދިޔާ މިފަހަރު ހޮސްޕިޓަލް އިމާރާތުގެ މަސައްކަތް ކުރާ އެލިޔާގެ މުވައްޒަފުންނަށް

އުނގޫފާރު ފޯސްޓަރިންގ އެވެއަރނަސް އެސޯސިއޭޝަން (އުފާ) ގެ 11 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކޮށް އެހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތްކުރާ އެލިޔާ ކޮންސްޓްރަކްޝަންގެ މުވައްޒަފުންނަށް ހަދިޔާ ދީފިއެވެ.

އުނގޫފާރު ޑޮޓް ކޮމްއަށް މައުލޫމާތު ދެއްވަމުން އުފާގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސުޒީލް ވިދާޅުވީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ އުނގޫފާރުގެ އިގްތިސާދުގެ ލޭނާރު ކަމަށާއި، މިފަދަ މުހިއްމު މަސައްކަތެއް އުނގޫފާރުގައި މިއަދު ކުރެވެމުން ދާއިރު އަޅުގަނޑުމެން އެކަމުގެ އަގު ވަޒަންކުރަން ޖެހޭކަމަށެވެ. އެހެންވެ މިފަދަ ޕްރޮގްރާމެއްގެ ތެރެއިން އެފަރާތަށް ހަދިޔާއެއް ދިނުމަށް ބޭނުންވީ ކަމަށެވެ.

“އަޅުގަނޑު މެންނަށްވެސް އެނގޭ މިއީ ވަރަށް ކުޑަ ހަދިޔާ އެއްކަންވެސް. އެކަމަކުވެސް އަޅުގަނޑުމެން ބޭނުންވީ އެފަދަ ބޮޑު އަދި އަޅުގަނޑުމެންގެ މުޅި މުސްތަޤުބަލާއި ގުޅިފައިވާ މުހިއްމު މަސައްކަތެއް ބަޔަކު ކުރާއިރުއެކަމުގެ އަގުވަޒަން ކުރުމަކީ އޮތްކަމެއްކަން. އެހެންވެ އަޅުގަނޑުމެން ހަމަ އަޅުގަނޑު މެންގެ ފެންވަރުން ރަމްޒީކޮށް ދިން ހަދިޔާއެއްމީ”

އުފާ އިން މިއަދުވަނީ ބޮނޑިބަތް މަލާފަތެއް ކުޅިމަހާއެކު ހަދިޔާ ކޮށްފައެވެ. އުފާ އިން މިއަދު ހަވީރު ހޮސްޕިޓަލްގެ އިމާރާތުގެ މަސައްކަތްކުރާ ސައިޓަށް ދިޔައިރު ހޮސްޕިޓަލްގެ މެނޭޖަރ އިބްރާހީމް ޒަޔާން އާއި ޑިރެކްޓަރ ޖެނެރަލް ހުސައިން ޝިހާމް އާއި އެލިޔާ އުނގޫފާރު ސައިޓްގެ އިސްވެރިން އުފާގެ ޓީމަށް މަރުހަބާ ދެންނެވުމަށް ތިއްބެވިއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close