ޚަބަރު

އުނގޫފާރު ކައުންސިލުން މިރޭ ރައްޔިތުންނާއި ބައްދަލުކުރަނީ

އުނގޫފާރު ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުން މިރޭ އޮންނާނެއެވެ. ބައްދަލުވުން އޮންނާނީ މިރޭ 20:30 ގައި އުނގޫފާރު ސްކޫލްގައެވެ. މި ބައްދަލުވުމަށް އުނގޫފާރުގެ ވީހާވެސް ގިނަ ރައްޔިތުން ވަޑައިގެން ދެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

މިބައްދަލުވުމަކީ 3 ސެޕްޓެމްބަރ 2021 ގައި ބޭއްވުމަށް ފުރަތަމަ އިއުލާނުކުރި ބައްދަލުވުމެކެވެ. ނަމަވެސް އެދުވަހު ހަވީރު އުނގޫފާރުން ކޮވިޑް ޕޮޒިޓިވް ކޭސް އެއްފެނުމާއި ގުޅިގެން ބައްދަލުވުން ކެންސަލްކުރީއެވެ. ސިއްހީ ރައްކާތެރިކަމަށްޓަކައި ބައްދަލުވުން ކެންސަލްކުރީ ބައްދަލުވުމަށް މީހުންވެސް އައިފަހުންނެވެ.

މި ބައްދަލުވުމަކީ ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ލާޒިމް ކުރާ ބައްދަލުވުން ތަކުގެ ތެރެއިން ބާއްވާ ބައްދަލުވުމެކެވެ. މީ އާކައުންސިލުން ހަވާލުވުމަށްފަހު ބާއްވާ ފުރަތަމަ ބައްދަލުވުމެވެ. މި ބައްދަލުވުން ބޭއްވުން ލަސްވެގެން ދިޔައީ ކޮވިޑް 19 އާއި ގުޅިގެން ގާތްގާތުގައި އަދި ގިނަ ދުވަސް ތަކެއްވަންދެން އުނގޫފާރު މޮނިޓަރިންގ އަށްލާފައި އޮތުމުންނެވެ.

މި ބައްދަލުވުމުގައި ރައްޔިތުންގެ މާލިއްޔަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމާއި، ރަށުގެ ތަރައްޤީގެ ކަންކަމާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް، ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close