ޚަބަރުރަށު ކުޅިވަރުކުޅިވަރު

ވެސްޓް ބީޗް ޔޫސީސީ ފުޓްސަލް ކަޕް – ފުރަތަމަ މެޗް ޓީމް އޮރި އަދި ކޭޑީއެފްޓީ

އުނގޫފާރު ކޮމިއުނީ ސެންޓަރުން ބާއްވާ “ވެސްޓް ބީޗް ޔޫސީސީ ފުޓްސަލް ކަޕް 2021” ފުޓްސަލް މުބާރާތުގެ ގުރުއަތު ރޭ ބާއްވައިފިއެވެ.

އުނގޫފާރު ކޮމިއުނީ ސެންޓަރުގެ ފުޓްސަލް ދަނޑުގައި ބޭއްވި މިރަސްމިއްޔާތު ގައި މުބާރާތުގައި ބައިވެރިވި ޓީމްތަކުން ބައިވެރިވިއެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މިމުބާރާތުގައި ގްރޫޕް އޭގައި ހިމެނެނީ

1- ޓީމް އޮރި

2- ކޭޑީއެފްޓީ

3- ދި  އަމީގޯސް

4- ބީސީ ބޯއީސް އެވެ.

ގުްރޫޕް ބީ ގައި ހިމެނެނީ 3 ޓީމެވެ. އެއީ

1- ޑިކެޑްސް

2- ނިއު ސްޓަރ

3- އުނގޫފާރު ޕޮލިސް އެވެ.

 

މާދަމާ ރޭ ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ދިހަހާސް ރުފިޔާ އަދި ރަނަރަޕް ޓީމަށް ފަސްހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތުގެ ހުރިހައި މެޗެއްވެސް ކުޅުމަށް ހަމޖެހިފައިވަނީ އުނގޫފާރު ކޮމިއުނިޓީ ސެންޓަރުގެ ފުޓްސަލް ދަނޑުގައެވެ. މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ވެސްޓްބީޗް ރެސްޓޯރަންޓްއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

ގުޅޭ ލިއުންތައް

avatar
Close