ޚަބަރު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ޑެންޓަލް އޯޕީޖީ އެކްސްރޭގެ ހިދުމަތް މިއަދު ފަށައިފި

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޑެންޓަލް ޑިޕާޓްމަންޓުގައި ޑެންޓަލް އޯޕީޖީ އެކްސްރޭ މެޝިން އިންސްޓޯލްކޮށް ހިދުމަތްދޭން މިއަދު ފަށައިފިއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ފޭސްބުކް އަދި ޓްވިޓަރ ގައި ހާމަކޮށްފައިވާ ގޮތުން މިއަދު ފެށި މި ހިދުމަތުގެ ސަބަބުން ބަލި ދެނެގަތުމަށާއި އަނގަޔާއި ދަތުގެ ފަރުވާތައް ދިނުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

މިއަދު ޑެންޓަލް އޯޕީޖީ އެކްސްރޭގެ ހިދުމަތް ފަށާފައިވާ އިރު އެހޮސްޕިޓަލުން ގެންދަނީ މިހާރު އިންސްޓޯލް ކޮށް ނިމިފައިވާ ސީޓީ ސްކޭންގެ ހިދުމަތްވެސް އަންނަ މަހުގެ އެއްވަނަ ދުވަހު ފެށުމަށް މަސައްކަތް ކުރަމުންނެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ ސަރުކާރުން ޓާޝިއަރީ ފެންވަރަށް ތަރައްޤީ ކުރަމުންގެންދާ 5 ހޮސްޕިޓަލްގެ ތެރެއިން އެއް ހޮސްޕިޓަލެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

ގުޅޭ ލިއުންތައް

avatar
Close