ޚަބަރު

ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އުނގޫފާރު ސްކޫލް ސަރަހައްދު ބައެއް ގަޑިތަކުގައި ބަންދު ކުރަން ފަށައިފި

ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އުނގޫފާރު ސްކޫލްގެ ކުރިމަތިން އޮންނަ ދެމަގެއްގެ ވަކިބައެއް، ސަރަހައްދު ބައެއް ގަޑިތަކުގައި ބަންދު ކުރަން ފަށައިފިއެވެ.

މިކަން ހާމަ ކުރުމުގެ ގޮތުން އުނގޫފާރު ސްކޫލުން ބެލެނިވެރިންގެ ކޮމިއުނިޓީ ވައިބަރ ގުރޫޕްގައި ހިއްސާ ކޮށްފައިވާ މެސެޖުގައި ބުނެފައިވަނީ “ދަރިވަރިންގެ ރައްކާތެރިކަން އިތުރު ކުރުމަށްޓަކައި ތިރީގައި މިދަންނަވާ ގަޑިތަކުގައި ކުރެހުމުގައިވާ ސަރަހައްދު ދުއްވާ އެއްޗިއްސަށް ނުވަދެވޭ ގޮތަށް ބަންދު ކުރެވި ފުލުހުން އެސަރަހައްދު މާދަމާއިން (19 ސެޕްޓެމްބަރ 2021) ފެށިގެން ބަލަހައްޓަވަމުން ގެންދަވާނެ ވާހަކަ ބެލެނިވެރިންނާއި އާއްމުންގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ. މިއީ ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި އެޅޭ ފިޔަވަޅަކަށްވުމާއިއެކު މިކަމުގައި ބެލެނިވެރިންގެ އެއްބާރުލެއްވުން ނުހަނު ބޭނުމެވެ. އަދި ސްކޫލްދޮށަށް ވަޑައިގަންނަވާ ބޭފުޅުންގެ ވެހިކަލްތައް ތަރުތީބުން ޕާކު ކުރެއްވުމަށްވެސް ދަންނަވަމެވެ.”

ބަންދުކުރެވޭނެ ގަޑިތައް
ހެނދުނު 6:45 އިން 7:10 އަށް
ހެނދުނު 9:10 އިން 9:25 އަށް
ހެނދުނު 9:45 އިން 10:10 އަށް

ޓެގް
އިތުރަށް ވިދާޅުވުމަށް

ގުޅޭ ލިއުންތައް

avatar
Close