ޚަބަރުސިޔާސީ

އެމްޑީޕީ ޤައުމީ މަޖިލިސް އިންތިހާބް – އުނގޫފާރުގައި ވޯޓްލުން ކުރިއަށްދާނީ އުނގޫފާރު ސްކޫލްގައި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ތާރީހުގައި ވެސް މިހާ ވާދަވެރި ފޯރިގަދަ އިންތިހާބެއް ނާދެ އެވެ. ޕާޓީގެ އެންމެ ބާރުގަދަ ގުނަވަން ކަމަށްވާ އެމްޑީޕީގެ ޤައުމީ މަޖިލިސް އަށް މެމްބަރުން އިންތިހާބު ކުރަން މުޅި ރާއްޖޭގައި މާދަމާ އިންތިހާބު ބޭއްވިގެން ދާއިރު މިހާރު ކުރެވެމުންދަނީ އެންމެ ފަހުގެ ތައްޔާރީތަކެވެ.

މައުލޫމާތު ލިބިފައިވާގޮތުން ރ އަތޮޅުގެ ރަށްރަށަށް މާލެއިން ވަޑައިގަންނަވާ އޮފިޝަލުން ވަނީ މިއަދުގެ މެންދުރުގެ ފްލައިޓުން އަތޮޅަށް އައިސްފައެވެ. އޮފިޝަލުންނާއެކު ވޯޓް ފޮށްޓާއި ވޯޓް ކަރުދާސްވެސް މިހާރުދަނީ ރަށްރަށުގެ ފޯކަލް ޕޮއިންޓުންނާއި އޮފިޝަލުންނާ ހަމައަށް ފޯރުކޮށް ދެމުންނެވެ.

ފޯރިގަދަ މިއިންތިހާބުގައި އުނގޫފާރުގެ ވޯޓުލާ މަރުކަޒަކަށް ހަމަޖައްސާފައިވަނީ އުނގޫފާރު ސްކޫލެވެ. މިއީ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ވޯޓުލުމަށް ފަހުގެ ތާރީހެއްގައި އުނގޫފާރު ސްކޫލްގައި ވޯޓްފޮށި ބަހައްޓާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އުނގޫފާރު ސްކޫލުގައި ވޯޓްފޮށި ބަހައްޓާފައި ވަނީ 2009 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީގައެވެ. ފާއިތުވެ ދިޔަ އެތެރޭގެ ހުރިހައި އިންތިހާބު ތަކެއްގައި އެމްޑީޕީން ވޯޓު ފޮށި ބަހައްޓާފައި ވަނީ އެމްޑީޕީގެ ޖަހަ ތަކުގަޔާއި އަދި ބަނދަރު (ފުލެޓް) ސަރަހައްދުގައެވެ.

މާދަމާގެ އިންތިހާބުގައި އުނގޫފާރުގައި ތިބި އެމްޑީޕީގެ މެމްބަރުން 3 މަޤާމަކަށް ވޯޓުލާނެއެވެ. އެއީ

އުތުރު ޕްރޮވިންސްގެ ރައީސް

އުތުރު ޕްރޮވިންސްގެ ނައިބް ރައީސް

އުނގޫފާރު ދާއިރާގެ ރައީސް ގެ މަޤާމަށެވެ.

ރިއާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ނެގުމަށްފަހު ދިވެހިރާއްޖޭގައި ބޭއްވޭ އެއްމެ ބޮޑު އިންތިހާބުގައި މާދަމާ ވޯޓު ލުން ކުރިއަށްދާނީ ހެނދުނު 9:00 ން ފެށިގެން ހަވީރު 17:00 އަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 93،000 އަށް ވުރެ ގިނަ މެންބަރުން އެބަތިއްބެވެ. އަދި އެކި ދާއިރާތަކަށް 733 ކެންޑިޑޭޓުން ވާދަ ކުރެ އެވެ.

ކުރިއަށް އޮތް ފަސް އަހަރަށް އިންތިހާބުކުރާ އެމްޑީޕީގެ ގައުމީ މަޖިލީސް އެކުލެވިގެން ވަނީ، އެ ޕާޓީ ވެރިކަމުގައި އޮންނަ ނަމަ ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނާއި ޕާޓީގެ ލީޑަޝިޕާއި ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާއި ދާއިރާތަކުގެ ރައީސުންނާއި އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރު އަދި އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް ހިމެނޭ ގޮތުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close