ޚަބަރުރ.އަތޮޅު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޕީސީއާރު ލެބް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ޕީސީއާރް ޓެސްޓް ހެދުމަށްޓަކައި ޤާއިމް ކުރަންޖެހޭ ލެބް އިމާރާތުގެ އެއްބަސްވުމުގައި އެލަވަރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި އެކު އިއްޔެ ސޮއި ކޮށްފިއެވެ.

އެލަވަރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއެކު މި އެއްބަސްވުމުގައި ސޮއިކުރުން އޮތީ އިއްޔެ މެންދުރުފަހު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ކޮންފަރެންސް ހޯލްގައެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހޮސްޕިޓަލްގެ މެނޭޖަރ އިބްރާހީމް ޒަޔާން އެވެ. އެލަވަރު މޯލްޑިވްސްގެ ފަރާތުން އެއްބަސް ވުމުގައި ސޮައިކުރެއްވީ އަހުމަދު ހުސައިންއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން 69 ދުވަހުގެ ތެރޭގައި ނިންމުމަށް އެކުންފުންޏާއި ހަވާލު ކޮށްފައިވަނީ ހަތްލައްކަ ފަންސާސް އަށްހާސް ދުއިސައްތަ ނަވާރަ ރުފިޔާއަށެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި މިހާރު ކޮވިޑް ޓެސްޓް ހަދަމުން އަންނަނީ ޖީންއެކްސްޕާޓް މެޝިނަކުންނެވެ. މިހިދުމަތް އެހޮސްޕިޓަލްގައި ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

ގުޅޭ ލިއުންތައް

avatar
Close