ޚަބަރުސިޔާސީ

އެމްޑީޕީ ޤައުމީ މަޖިލިސް އިންތިހާބު – ނަތީޖާތައް އިއުލާނު ކުރަން ފަށައިފި

މިއަދު ހެނދުނު 9:00 ން ފެށިގެން ކުރިއަށްދާ އެމްޑީޕީ ޤައުމީ މަޖިލިސް އަށް މެމްބަރުން އިންތިހާބު ކުރުމަށް ކުރިއަށްދާ އިންތިހާބުގެ ވޯޓު ލުން އުނގޫފާރުގައި ވެސް ފެށިގެން ކުރިއަށް އެބަދެއެވެ.

މިއަދުގެ އިންތިހާބުގައި އުނގޫފާރުގައި އެންމެ ފުރަތަމަ ވޯޓް ލާފައިވަނީ މުހައްމަދު ސްޒީލްއެވެ. ސުޒީލް އަކީ މިއިންތިހާބުގައި އުނގޫފާރު ދާއިރާގެ ނައިބް ރައީސް ކަމަށް ވާދަކޮށް އިންތިހާބު ވެފައިވާ ދާއިރާގެ ނައިބް ރައީސްއެވެ.

މި އިންތިހާބުގައި އުނގޫފާރުގައި ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދަކީ 284 މީހުންނެވެ.

އުނގޫފާރުގެ ވޯޓްލާ މަރުކަޒަށް ލިބިފައިވަނީ 281 ވޯޓް ކަރުދާހެވެ.

 

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close