ޚަބަރުރަށު ކުޅިވަރު

ވެސްޓް ބީޗް ޔޫސީސީ ފުޓްސަލް ކަޕް ގެ ސެމީގެ ޖާގަތައް ކަށަވަރު ވެއްޖެ

އުނގޫފާރު ކޮމިއުނީ ސެންޓަރުން ކުރިއަށް ގެންދާ “ވެސްޓް ބީޗް ޔޫސީސީ ފުޓްސަލް ކަޕް 2021” ފުޓްސަލް މުބާރާތުގެ ސެމީގެ ޖާގަތައް ކަށަވަރު ވެއްޖެއެވެ.

ގްރޫޕް އޭ އިން ސެމީގެ 2 ޖާގަ އަށް ވާދަކުރި 3 ޓީމުގެ މެޗްތައް ރޭ ނިމުނު އިރު ގްރޫޕް ގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީން ޖާގަ ހޯދީ ކޭޑީ އެފްޓީއެވެ. ދެވަނަ ޖާގަ ހޯދީ ޓީމް އޮރިއެވެ. އެއްމެ ފަހުވަގުތު ސެމީގެ ޖާގަ ގެއްލުނު ޓީމަކީ ބީސީ ބޯއީސް އެވެ.

ގްރޫޕް އޭ ގެ އެއްވަނަ ޓީމުގެ ޖާގަ ކޭޑީއެފްޓީން ކަށަވަރު ކުރީ ރޭގެ ފަހުމެޗުގައި ސެމީގެ ޖާގަ އަށް ވާދަކުރި ބީސީ ބޯއީސްގެ މައްޗަށް 3-1 ން ކުރި ހޯދައިގެންނެވެ.

ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި އޮރި ސެމީގެ ޖާގަ ކަށަވަރު ކުރީ ދި އަމީގޯސްގެ މައްޗަށް 4-1 ން ކުރި ހޯދައިގެންނެވެ.

ގްރޫޕް ބީ ގެ އެއްވަނަ ޓީމުގެ ގޮތުގައި ޑިކެޑްސް ސެމީގެ ޖާގަ ހޯދީ ކުޅުނު ދެމެޗު ކާމިޔާބު ކޮށްގެންނެވެ. ސެމީގެ ދެވަނަ ޖާގަ ޕޮލިސް ޓީމަށް ލިބުނީ ނިއު ސްޓަރ އަށްވުރެ ގެއްލުން ގޯލު މަދުވުމުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް
avatar
Close