ޚަބަރު

އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ 87 ޕަސެންޓް މަސައްކަތް ނިމިއްޖެ

ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 87 ޕަސެންޓް ނިމިއްޖެ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީ އިން ބުނެފިއެވެ.
އެމްޓީސީސީން އެކުންފުނީގެ ފޭސްބުކް ޕޭޖުގައި މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ އުނގޫފާރު މަގުހެދުމުގެ މި މަޝްރޫޢުގެ ދަށުން، މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށެވެ. އުނގޫފާރުގައި ތާރު އަޅައިގެން ހަދާފައިވާ މަގުގެ ދިގުމިނަކީ ޖުމްލަ 3.2 ކިލޯ މީޓަރު ކަމަށާއި އެއީ ޖުމުލަ 14 މަގެއް ކަމަށެވެ.
މަސައްތަކުގެ އިތުރު ތަފްސީލަށް ބަލާއިރު އެއީ 16,488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، 16,488 އަކަ މީޓަރުގެ ސަރަޙައްދެއްގައި އޭބީސީ ފަށަލަ އެޅުމާއި، 16,488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތެވެ.
މިހާރު ނުނިމި ހުރި މަސައްކަތްތަކަށް ބަލާއިރު މަގުބައްތި ޖެހުމާއި މަގުތަކުގައި ލައިން އެޅުމާއި މަގުމަތީގެ ނިޝާންތަކާއި ޓްރެފިކް ނިޝާން ހަރުކުރުމާއި ބައެއް މަގުތަކުގެ ބައިރޯޑްގެ މަސައްކަތް ހިމެނެއެވެ.
އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ އަގަކީ 28.02 މިލިއަން ރުފިޔާއެވެ.
ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close