ޚަބަރު

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 215 ކިލޯގެ ހެރޮއިން ރ އަތޮޅު ފަޅުރަށަކުން ހޯދައިފި

ރ. އަތޮޅު ޕޮލިސް އާއި ޕޮލިސް އިންޓަލިޖެންސް އާއި މެރިން ޕޮލިސް އާއި ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓް އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 215 ކިލޯގެ ހެރޮއިން ރ އަތޮޅު ފަޅުރަށަކުން ހޯދައިފިއެވެ. އުނގޫފާރު ޑޮޓް ކޮމް އަށް މައުލޫމތު ލިބިފައިވާ ގޮތުން މިދިޔަ ބުދަދުވަހު ފުލުހުން ހިންގި މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތި ވަޅުލާފައި ހުރީ ރ. އަތޮޅު ޅާބުގަލި ކިޔާ ފަޅުރަށުގައެވެ.

ރާއްޖޭގެ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުން މި މައްސަލާގައި ހައްޔަރުކުރި ދެ މީހުންނަކީ ރ. މަޑުއްވަރީއަށް ނިސްބަތްވާ ދެ ފިރިހެނެކެވެ. މި ދެ މީހުން ހައްޔަރު ކޮށްފައިވަނީ އެ ދެމީހުންނަށް ފާރަލައިގެން ކަނޑުމަތިންކަން ވަނީ އެނގިފައެވެ. އަދި މި ދެމީހުން ހައްޔަރުކޮށްފައި ވަނީ މި މީހުން ލޯންޗްގައި އައިސް މަޑުއްވަރީއަށް ވަންނަނިކޮށް ކަމަށްވެސް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ. މިއީ ފަހުގެ ތާރީހެއްގައި އެއް ފަހަރާ މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް ފަހަރެކެވެ.

ޑްރަގްސް ވަޅުލާފައި ހުއްޓާ ފެނުނު ޅާބުގަލި ކިޔާ ފަޅުރަށަކީ މަޑުއްވަރީން ލޯންޗެއްގައި 15 މިނެޓުން ދެވޭހާ ކައިރީގައި އޮންނަ ރަށެކެވެ.
މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ލޯންޗުގެ ވެރިފަރާތަކީ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާގައި ކުރާ މީހެއްކަމަށް އެ ރަށު ބައެއް މީހުން ތުހުމަތުކުރެއެވެ. އަދި ރަށުގެ ނިސްބަތުން އެމީހާއަކީ ވަރަށް މުއްސަނދި މީހެއްކަމަށްވެސް އެ ރަށު މީހުން ބުނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close