ޚަބަރުވަޒީފާ

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ވަޒީފާގެ ފުރުސަތު ހުޅުވާލައިފި

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ވަޒީފާގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ހޮސްޕިޓަލުން މިއަދު ހުޅުވާލި 3 ވަޒީފާ އަކީ

ސީނިއަރ ކަސްޓަމަރ ރިލޭޝަން އޮފިސަރ،

ސީނިއަރ ޕްރޮކިއުމަންޓް އޮފިސަރ އަދި

ސްޓޯރ ކީޕަރ ގެ ވަޒީފާއެވެ.

ސީނިއަރ ކަސްޓަމަރ ރިލޭޝަން އޮފިސަރ އަދި ސީނިއަރ ޕްރޮކިއުމަންޓް އޮފިސަރ ގެ މަޤާމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް personnel.urh@gmail.com މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

ސްޓޯރ ކީޕަރ މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  25 އޮކްޓޯބަރ 2021  ވާ އަންގާރަ ދުވަހުގެ  13:30 ގެ ކުރިން، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޮފީހަށެވެ.

އަދި އިޢުލާނު ތަކުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މި ވަޒީފާތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ސީނިއަރ ކަސްޓަމަރ ރިލޭޝަން އޮފިސަރ އަދި ސީނިއަރ ޕްރޮކިއުމަންޓް އޮފިސަރ ގެ މަޤާމުތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާން އޮންނާނީ، 1 ނޮވެންބަރ 2021 އާއި 7 ނޮވެންބަރ 2021 އާ ދެމެދު، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޮފީހުގައެވެ.

ސްޓޯރ ކީޕަރ މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 28 އޮކްޓޯބަރ 2021 އާއި 4 ނޮވެމްބަރ 2021 އާއި ދެމެދު، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޮފީހުގައެވެ.

މި އިޢުލާނުތަކާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ (6583708, 6583718, 6583719) އަށެވެ. އީ-މެއިލް ކުރާނީ (personnel.urh@gmail.com) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ “އައްޔަނުކުރުމުގެ އުޞޫލާގުޅޭ” (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close