ޚަބަރުވަޒީފާ

ފުލުހުންގެ ވަޒީފާއަށް ފުރުސަތު ހުޅުވާލައިފި

ދިވެހި ފުލުހުންގެ ހިދުމަތާ ގުޅުމަށް  އެ ފުރުސަތު ހުޅުވާލައިފި އެވެ.

ފުލުހުންގެ ހިދުމަތާއި ގުޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ. ފުލުހުންގެ އިދާރާ އިން އިއްޔެ ކޮށްފައިވާ އިއުލާން ގައި ބުނެފައިވާ ގޮތުން ފުލުހުންގެ ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކަކީ ޖީސީއީ އޯ ލެވެލް އިމްތިހާނު އަދި ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނު ހިމެނޭހެން ވަކި ފެންވަރަކުން ފާސްވެފައިވާ ބަޔަކަށް ވާންޖެހެ އެވެ. މީގެއިތުރުން އެ މީހަކީ ތައުލީމީ ޝަރުތު ފުރިހަމަވުމާއި އެކު އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހަކަށް ވާންޖެހެ އެވެ. އަދި އެމީހަކީ ފިރިހެނެއް ނަމަ ފސް ފޫޓް އެއް އިންޗި އަދި އަންހެނެއް ނަމަ ހަތަރު ފޫޓް އަށް އިންޗި އިސްކޮޅުގައި ހުންނަ މީހަކަށް ވެސް ވާންޖެހެ އެވެ.

ވަޒީފާ އަށް ނެގުމުގެ ކުރިން ފިޒިކަލް ޓެސްޓެއް ހަދާނެ ކަމަށާއި އެ ޓެސްޓުން “ސިލްވާ” ލެވަލްގައި ފާސްވާންޖެހޭ ކަމަށްވެސް އިއުލާންގައިވެ އެވެ.

ވަޒީފާއަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތަކެއް އިއުލާނުގައި ވަނީ ފާހަގަ ކޮށްފައެވެ. އެއީ

– ތަޢުލީމީ ގޮތުން މަތީ ސަނަދު ހާޞިލްކޮށްފައިވާ ފަރާތްތަކަށް،

– މީހުންހޮވުމުގައި ކުރިއަށްގެންދެވޭ އެސެސްމަންޓްތަކުން މަތީ ނަތީޖާ ހޯދާ ފަރާތްތަކަށް،

– ދިވެހި ފުލުހުންގެ ޚިދުމަތަށް ޤާނޫނީގޮތުން ލާޒިމްކުރާ މަސައްކަތްތައް ކުރުމަށް މި ޚިދުމަތުން ކަނޑައަޅާ ދާއިރާތަކަށް އަދި ދާއިރާތަކަށް ހާއްސަ ކުރެވިފައިވާ އަދަދުތަކަށް ކުރިމަތިލާ އަންހެން ކެންޑިޑޭޓުންނަށް،

– ދިވެހި ފުލުޙުންގެ ޚިދުމަތް ފޯރުކޮށްދެމުންދާ ސަރަހައްދަތަކު ތެރެއިން ޚިދުމަތް ހަރުދަނާކޮށް ފުޅާކުރުމަށް އިންސާނީ ވަސީލަތް ބޭނުުންވާ ސަރަހައްދުތަކާއި، މިމުއައްސަސާގެ ޚިދުމަތް އަލަށް ޤާއިމުކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް.

ވަޒީފާ އަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ ގޮތުގައި 4,650 ރުފިޔާ އާއި، ސާވިސް އެލަވަންސްގެ ގޮތުގައި 5,000 ރުފިޔާ އާއި، ނޮން-ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 40 ޕަސަންޓަށްވާ 1,860 ރުފިޔާ އާއި، ޔުނީފޯމް އެލަވަންސްގެ ގޮތުގައި 300 ރުފިޔާ ދިނުމަށްވެސް ނިންމާފައިވެ އެވެ.

މީގެއިތުރުން ވަޒީފާގައި ތިން މަސް ހަމަވުުމުން ފުލުހުންގެ ވަޒީފާއާ ބެހޭ ގަވައިދުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި، އެލަވަންސްތައް ދިނުމަށްވެސް ނިންމާފައިވެ އެވެ.

ފުލުހުންގެ ވަޒީފާ އަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް ހުޅުވާލާފައިވާ ފުރުސަތުގެ ސުންގަޑި އަކީ އަންނަ މަހުގެ 16 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.
avatar
Close