ކޮވިޑް-19

ކުޅިވަރު

ފައިނަލްގަ ތިޔަމަސް އަދި ޑަބަލް އެލް

 

މިހާރު ކުރިއަށްދާ ސައިފް ގޯލްޑަން ޖުބުލީ ފުޓުބޯޅަ މުބާރާތުގެ ފައިނަލްގައި ބައްދަލުކުރާނީ ތިޔަމަސް އެކްސް އާއި ޑަބަލް އެލް އެވެ.

ޑަބަލްއެލް ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ޕޮލިސް ޓީމާއި ބައްދަލުކޮށް ދެލަނޑު އެއްލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ. ޑަބަލް އެލް ސެމީން ޖާގަ ހޯދީ ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ގުރޫޕްގެ އެއްވަނަ ޑަބަލް އެލް ހޯދީ ކުޅުނު ތިންމެޗުގެ ތެރެއިން އެއްމެޗުން މޮޅުވެ ދެމެޗު އެއްވަރުވެ ލިބުނު 5 ޕޮއިންޓާ އެކުގައެވެ. ފުރަތަމަ މެޗު ހުޅުދުއްފާރު އާއި ބައްދަލުކޮށް ލަނޑެއް ނުޖެހި އެއްވަރުވެ ދެވަނަ މެޗު ވައިނޮޓް ސްޕޯޓްސް އާއި ބައްދަލުކޮށް ދެލަނޑުން ދެލަނޑުން އެއްވަރުވީއެވެ. ގުރޫޕްގެ ފަހުމެޗުގައި ޑަބަލް އެލް މޮޅުވީ ޔަންގް ސްޓަރ އަތުން ތިނެއް ސުމަކުންނެވެ.

މިއީ ޑަބަލްއެލް މިމުބާރާތުގެ ފައިނަލްގައި ކުޅޭ ދެވަނަ ފަހަރެވެ. ޑަބަލް އެލް ފުރަތަ ފައިނަލްގައި ކުޅުނީ މިދިޔަ އަހަރުގެ މުބާރާތުގައެވެ. އެފަހަރު ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ބަލިވީ ޔަންގް ސްޓަރ އަތުންނެވެ.

ތިޔަމަސް އެކްސް ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލްގެ ދެވަނަ މެޗުގައި ހުޅުދުއްފާރު ޓީމާއި ބައްދަލުކޮށް ދެލަނޑު ސުންލަނޑުން ކާމިޔާބު ކޮށްގެންނެވެ. ތިޔަމަސް ސެމީން ޖާގަ ހޯދީ ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ގުރޫޕްގެ އެއްވަނަ ތިޔަމަސް ހޯދީ ކުޅުނު ތިންމެޗުން މޮޅުވެ ލިބުނު 9 ޕޮއިންޓާ އެކުގައެވެ. ފުރަތަމަ މެޗު އެފްސީ އޯކޭ އާއި ބައްދަލުކޮށް ފަހެއް ސުމަކުން މޮޅުވެ ދެވަނަ މެޗުގައި ޕޮލިހާއި ބައްދަލުކޮށް ދެލަނޑު ސުންލަނޑުން މޮޅުވެ އަދި ގުރޫޕްގެ ފަހުމެޗުގައި ނިއު ސްޓަރ އަތުން މޮޅުވީ ތިނެއް ސުމަކުންނެވެ.

މިއީ ތިޔަމަސް މިމުބާރާތުގެ ފައިނަލް ކުޅޭ ހަތަރުވަނަ ފަހަރެވެ. ތިޔަމަސް ވަނީ ފުރަތަމަ ތިންމުބާރާތުގެ ފައިނަލްގައިކުޅެ ޗެމްޕިއަންކަން ހޯދާފައެވެ.

އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close