ކުޅިވަރު

ބެސިކް ފުޓުބޯޅަ ކޯޗިންކޯސް މިއަދު ހަވީރު ފަށަނީ

މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓު އޮފް ސްޕޯޓްސް އާއި އުނގޫފާރު ޒުވާނުންގެ މަރުކަޒާއި ގުޅިގެން ރ އަތޮޅަށް ހުޅޫވާލެވިގެން ކުރިއަށްގެންދާ ބެސިކް ފުޓުބޯޅަ ކޯޗިން ކޯސް މިއަދު ހަވީރު ފެށޭނެއެވެ.

މިކޯސް ފެށުމުގެ ގޮތުން ކޯހުގެ ބައިވެރިންނާއެކު ބޭއްވި ބައްދަލުވުން އޮތީ ރޭ 21:00 ގައި އުނގޫފާޜު ޒުވާނުންގެ މަރުކަޒުގައެވެ. މިބައްދަލުވުމުގައި ،ކޯހުގެ ބައިވެރިންނާއި އިނިސްޓްރަކްޓަރ އަދި ޒުވާނުންގެ މަރުކަޒުގެ ފަރާތުން ބައިވެރިވިއެވެ. މިކޯހުގައި ކިޔަވައި ދެއްވަނީ ތަޖުރިބާކާރު ކޯޗު އާތިފް އާތީ އެވެ. މިކޯހުގައި 20 ފަރާތުން ބައިވެރިވެފައިވެއެވެ.

މިކޯސް މިއަދު ހަވީރު ފެށޭއިރު ރެފްރީން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް އުނގުފާރުގައި މިހާރުވެސް ކުރިއަށް އެބަދެއެވެ.

އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close