385
0

ކުލަބު ޔޫތު ސްޓާރއިން ބާއްވާ ފުޓުބޯޅަ ކޯޗިން ކޭންޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

385
0

ކުލަބު ޔޫތުސްޓަރ އާއި އުނގޫފާރު އިޖުތިމާޢީ މަރުކަޒާ ގުޅިގެން މި ބޮޑުޗުއްޓީއާ ދިމާކޮށް ފުޓުބޯޅަ ކޯޗިން ކޭންޕެއް ކުރިއަށް ގެންދިއުމަށް ނިންމާ މި ކޯޗިން ކޭންޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ކޯޗިން ކޭމްޕަކީ އުމުރުން 6 އަހަރާ 13 އަހަރާ ދެމެދުގެ ދެ ޖިންސްގެ ކުޑަކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކޯޗިން ކޭމްޕެކެވެ.

ކުލަބު ޔޫތުސްޓާރއިން އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދިން ގޮތުގައި މި ކޯޗިން ކޭމްޕްގައި ބައިވެރިވާން ބޭނުން ކުދިން ނޮވެމްބަރ 30 ވާ ހޮނިހިރު ދުވަހުގެ 22:00 ގެ ނިޔަލަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ރަޖިސްޓާރ ކުރުމަށް ކުލަބު ޔޫތުސްޓާރ ރަސްމީ ފޭސްބުކު ޕޭޖަށް ބައިވެރިވާން އެދޭ ކުދިންގެ އައިޑީކާޑުގެ ސާފު ފޮޓޯއަކާއި ގުޅޭނެ ނަމްބަރެއް ފޮނުވުމަށް ކުލަބު ޔޫތުސްޓަރ އިން އެދިފައިވެއެވެ.

އަދި މި ކޭޕްޕާ ބެހޭ އިތުރު މަޢުލޫމާތު ހޯދަން އެދޭ ފަރާތްތަކުން 7701485 ނުވަތަ 9980717 ނަމްބަރު ފޯނަށް ގުޅުމަށް ކުލަބު ޔޫތުސްޓާރ އިން އެދެއެވެ.

0

Leave a Reply

Your email address will not be published. Required fields are marked *