ޚަބަރު

އުނގޫފާރު މަގު ހެދުމަށް ބޭނުންވާ ބައެއް ސާމާނު ގެންނަނީ

އުނގޫފާރުގެ މަގު ހެދުމަށް ބޭނުންވާ ބައެއް ސާމާނު އުނގޫފާރަށް މިއަދު ގެންނަން ފަށާނެއެވެ. އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާވޫދު ރޭ ކުރަށްވާފައިވާ ފޭސްބްކު ޕޯސްޓެއްގައި ވާ ގޮތުން އުނގޫފާރު މަގު ހެދުމަށް ބޭނުންވާ ބައެއް ސާމާނު މިހާރު ވަނީ އުނގޫފާރަށް ގެންދިއުމަށްޓަކައި ބޯޓަށް އަރުވާފައެވެ.

އުނގޫފާރުގެ 3.2 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސްރޫއު މޯލްޑިވުސް ރޯޑް ޑިވެލޮޕްޕެމެންޓް ކޯޕޮރޭސަނާ ހަވާލުކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ޖޫން މަހުގައެވެ. މި މަސްރޫއުގެ ދަށުން 14 މަގެއް ހަދާ ގޮތަށް ހަމަޖެހިފައިވާއިރު މި މަސްރޫއަށް 36.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވެއެވެ. މި މަސްރޫއު ނިންމާ ގޮތަށް ހަމަޖެހިފައި ވަނީ 380 ދުވަހުގެ ތެރޭގައެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
ހަސަނު Recent comment authors
ހަސަނު
Guest
ހަސަނު

ސައިކަލު ދުއްވާލާނެތާ

Close