ކޮވިޑް-19

ޚަބަރުދިރިއުޅުން

އާދަޔާ ޚިލާފު ބިޔަ ޖަނަވާރެއް މަރުވެފައި އޮއްވާ ފެނިއްޖެ!

މެކްސިކޯގެ ރިސޯޓް ސިޓީއެއް ކަމުގައިވާ އެކަޕަލްކޯގެ ގޮނޑުދޮށަށް މަރުވެފައި އޮތް އާދަޔާ ޚިލާފު ބިޔަ ޖަނަވާރެއް ލައްގާފައި އޮއްވާ ފެނިއްޖެވެ. މި ޖަނަވާރު ފެނިފައިވަނީ އެވަގުތު އެކަޕަލްކޯގެ ބޮންފިލް ބީޗް ގޮނޑުދޮށުގައި ތިބި ފަތުރުވެރިންގެ ބަޔަކަށެވެ. މީގެ ކުރިން ފެނިފައި ނުވާ ކަނޑުގައި އުޅޭކަމަށް ލަފާ ކުރެވޭ މި ބިޔަ ޖަނަވާރުގެ ބޮޑުމިނުގައި 4 މީޓަރު ހުރެއެވެ. ބިރުވެރި ސިފައެއްގައި އޮތް މި ޖަނަވާރުގެ ސަބަބުން ކަނޑުގެ ދިރުންތަކާ ބެހޭ މާހިރުންގެ މެދުގައި ވަނީ ހައިރާންކަން އުފެދިފައެވެ.

އެކަޕަލްކޯގެ ގޮނޑުދޮށަށް ލައްގާފައިވާ ބިޔަ ޖަނަވާރު – ފޮޓޯ: މިރަރ
އެކަޕަލްކޯގެ ގޮނޑުދޮށަށް ލައްގާފައިވާ ބިޔަ ޖަނަވާރު – ފޮޓޯ: މިރަރ

މި ޖަނަވާރު ބޮންފިލް ބީޗަށް ލައްގާފައިވަނީ މެކްސިކޯ ކަނޑުގައި ދެމެމުންދާ ބާރު އޮއެވަރާ އެކު ކަމަށް ލަފާ ކުރެވެއެވެ. މެކްސިކޯގެ ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ މިރަރ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ޖަނަވާރު ފެނުނު އިރު މަރުވެފައި އޮންނަތާ އަދި އެހާ ގިނަ އިރެއް ނުވާނެއެވެ. އެހެން ނަމަވެސް އެ ޖަނަވާރު ވަނީ ވަރަށް އަވަހަށް ކުނިވާން ފަށާފައެވެ. މި ޖަނަވާރުގެ ފޮޓޯތައް ސޮސިއަލް މީޑިއާގައި އާންމުވެ މީހުންގެ މެދުގައި މި ޖަނަވާރުގެ އަސްލާ ބެހޭގޮތުން ވަނީ ހޫނު ބަހުސެއް އުފެދިފައެވެ. ބައެއް މީހުން ބުނާ ގޮތުގައި މި ޖަނަވާރަކީ ބޮޑުމަހުގެ އާއިލާގެ އެއްޗެކެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close