ޙަބަރު

ލެޑް ލައިޓަށް އެދުމުގެ ފުރުޞަތު އުނގޫފާރުގައި ހުޅުވާލައިފި

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ދިވެހިރާއްޖެއަށް ހަދިޔާ ކުރި ލެޑް ލައިޓަށް އެދި އުނގޫފާރުގައި ނަން ނޯޓް ކުރުމުގެ ފުރުސަތު މި މާޗު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހުޅުވާލެވިފައިވާ ކަމަށް އުނގޫފާރު ކައުންސިލުން ހާމަކޮށްފިއެވެ.

އުނގޫފާރު ކައުންސިލުގެ ނައިބުރައީސް އަލްފާޞިލް އަލީ އައިމަން އުނގޫފާރު ޑޮޓްކޮމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އުނގޫފާރުގައި ކަރަންޓްގެ ޚިދުމަތް ލިބޭ ކޮންމެ ޑޮމެސްޓިކް މީޓަރ ބެހެއްޓިފައިވާ ކަނެކްޝަން އަކަށް 5 ލައިޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މާޗު މަހުގެ 16 ވާ ބުދަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގައި ނަން ނޯޓް ކުރުމުގެ ފުރުސަތު އުނގޫފާރު ކައުންސިލުގައި ހަމަޖެހިފައިވާ ހުންނާނެކަމަށެވެ.

PowerHouse
އުނގޫފާރު ރައްޔިތުންގެ އިންޖީނުގެ

 

ތެލަށް ކުރާ ހޭދަ ކުޑަ ކުރުމަށް ސަރުކަރާރުން ފަށައިވާ “ފަހި އަލި” ޕްރޮޖެކްޓަށް މި މަހު 2 ވަނަ ދުވަހު ޗައިނާ ސަރުކާރުން ވަނީ 10 މިލިޔަން ރުފިޔާގެ އަގުހުރި ލެޑްލައިޓް ދިވެހި ސަރުކާރާއި ހަވާލު ކޮށްފައެވެ.

ލައިޓް ލިބޭނީ ލައިޓަށް ބޭނުން ވެގެން ނަން ނޯޓް ކުރާ ފަރާތްކަށް އެކަނި ކަމަށް އެނާޖީ މިނިސްޓްރީން ބުނެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މާޗު މަހުގެ 31 އިން ފެށިގެން އަތޮޅުތަކަށް ލެޑްލައިޓްތައް ފޮނުވުމުގެ މަސައްކަތް އެނާރޖީ މިނިސްޓްރީން ކުރަމުން ދާނެއެވެ.

ލެޑް ލައިޓް ހޯދުމަށް ނަންނޯޓުކުރުމަށް ހުޅުވާލި މިފުރުސަތުގައި ގިނަބަޔަކު ނަންނޯޓުކުރަމުން ދާކަން ފާހަގަކުރެވެއެވެ.

 

އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close