ޙަބަރު

މޯބައިލް ނަމްބަރު ބަދަލުނުކޮށް އޮޕަރޭޓަރު ބަދަލުކުރެވޭ ހިދުމަތް އުނގޫފާރުގައި ދޭން ފަށައިފި

މޯބައިލް ފޯނުގެ ނަމްބަރު ބަދަލުނުކޮށް ބޭނުން ކޮންމެ އޮޕަރޭޓަރެއްގެ ހިދުމަތަށް ބަދަލުވެވޭ ހިދުމަތް ދިރާގާއި އުރީދޫން ފެށުމާއެކު އެހިދުމަތް އުނގޫފާރު އައިލެންޑް އިމޭޖްން ދޭން ފަށައިފި އެވެ. އައިލެންޑް އިމޭޖަކީ އުރީދޫ މޯލްޑިވްސްގެ ބިޒްނަސް ޕާޓްނަރެކަށް ވުމާއެކު އައިލެންޑް އިމޭޖުން ދޭނީ ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރާ ފަރާތްތަކުން އުރީދޫއަށް ބަދަލުކުރުމުގެ ހިދުމަތެވެ.

ފޯނު ނަމްބަރު ބަދަލުނުކޮށް އޮޕަރޭޓަރު ބަދަލުކުރެވޭ ހިދުމަތް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ތައާރަފްކުރީ މިދިޔަ ބުރާސްފަތި ދުވަހު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

ނަމްބަރު ޕޯޓެބިލިޓީ ހިދުމަތް ތައާރަފްކުރި ނަމަވެސް ކުރިއެކޭ އެއްގޮތަށް ދިރާގުން ދޫކުރާނީ ހަތަކުން ފެށޭ ނަމްބަރެވެ. އަދި އުރީދޫން ދޫކުރާނީ ނުވައަކުން ފެށޭ ނަމްބަރެވެ. އަދި އޮޕަރޭޓަރު ބަދަލުކުރެވޭނީ ހިދުމަތް ބޭނުންކުރަން ފަށާތާ 90 ދުވަސްފަހުންނެވެ.

ނަމްބާ ޕޯޓެބިލިޓީގެ ހިދުމަތް ހޯދާ ފަރާތްތަކަށް ޔޫޕީއެސް ކޯޑް ހޯދަން 234 އަށް މެސެޖްކުރެވޭނެ ކަމަށެވެ. އަދި ނަމްބަރު ބަދަލުކުރަން ބޭނުންވާ އޮޕަރޭޓަރަށް ނަމްބަރު ޕޯޓްކުރަން ފޯމް ހުށަހަޅާއިރު އެސްއެމްއެސް ކޯޑު ހުށަހަޅަން ޖެހޭނެއެވެ.

ޔޫޕީއެސް ކޯޑާއެކު ނަމްބަރު ޕޯޓްކުރަން ފޯމު ހުށައެޅުމުން ފޯމް ހުށަހަޅާތާ 24 ގަޑިއިރުގެ ތެރޭގައި އޮޕަރޭޓަރު ބަދަލުކުރެވޭނެކަން ނުވަތަ ނޫންކަން އެނގިގެންދާނެއެވެ. އަދި 48 ގަޑިއިރު އެކަމަށް ނަގަނީ ބިލިންގެ ކަންތައް ދެ އޮޕަރޭޓަރުން އޮޅުންފިލުވަން ޖެހޭތީއެވެ.

އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close