ދިރިއުޅުންސިއްޙަތު

މާ ގިނައިން ނިދުމާއި ބާލީހުގައި މޫނު އަޅައިގެން ނިދުމަކީ ލޯ އަނދިރިވާ ކަމެއް – ދިރާސާ

އޮންލައިން ނޫސް މިރަރ ގައި ރިޕޯޓްކޮށްފައިވާ ދިރާސާއެއް ބުނާ ގޮތުގައި ދުވާލަކު 8 ގަޑި އިރަށްވުރެ ގިނަ އިރު ނިދުމަކީ ލޮލަށް ގެއްލުން ލިބި ލޯ އަނދިރި ވުމަށް މެދުވެރިވާ ސަބަބެކެވެ. އަދި މީ އިނގިރޭސި ވިލާތުގައި އެންމެ ގިނައިން ލޯ އަނދިރި ވުމަށް މެދުވެރިވާ އެއް ސަބަބު ކަމުގައި ދިރާސާގައި ބުނެފައި ވެއެވެ. ލޮލުގެ ފެނުން ގެއްލުމަށް މެދުވެރިވާ އެންމެ އާންމު ބައްޔަށް ކިޔަނީ “މަސްކިއުލާ ޑިޖެނެރޭޝަން” ނުވަތަ “އޭޖް ރިލޭޓެޑް މަސްކިއުލާ ޑިޖެނެރޭޝަން” އެވެ. އެއީ އުމުރުން ގިނަ ދުވަސް ވުމުން ލޮލުގެ ފެނުމަށް ބަދަލު އައުމަށް ކިޔާ ނަމެކެވެ. މަސްކިއުލާ ޑިޖެނެރޭޝަން ގެ ސަބަބުން ލޮލަށް އެއްވެސް ތަދެއް އިހުސާސްއެއް ނުކުރެވޭނެވެ. ނަމަ ވެސް ލޯ ފުސްވެ ފޮތްކިއުމާއި މިހުންގެ މޫނު ދެނެގަތުން ކަހަލަ އާންމު ދިރި އުޅުމުގެ ކަންކަމަށް މަޑު މަޑުން ހުރަސް އެޅޭނެއެވެ.

ނޮދަން ކެލިފޯނިއާ ރެޓިނާ ވިޓްރިއަސް އެސޯސިއޭސަން ގެ ޑޮކްޓަރ ރާހުލް ކަރުނާ ވަނީ މި ދިރާސާގައި މަސްކިއުލާ ޑިގެނެރޭޝަން ހުންނަ އަދި ނުހުންނަ މީހުންނާ އެކު މުޅި ޖުމުލަ 1003 މީހުން ބައިވެރިކޮށްފައެވެ. އެއަށް ފަހު މި މީހުން އާންމުކޮށް ނިދާ އުޅެނީ ކިހާ އިރަކުތޯ ބާލާފައި ވެއެވެ. ދިރާސާގެ ނަތީޖާ ދެއްކި ގޮތުގައި މަސްކިއުލާ ޑިޖެނެރޭޝަން ނުހުންނަ މީހުން އާންމުކޮށް ނިދަފައި ވަނީ 7.97 ގަޑިއިރު ނުވަތަ އެއަށް ވުރެ މަދުންނެވެ. އެއާ ޚިލާފަށް މަސްކިއުލާ ޑިޖެނެރާޝަން ހުންނަ މީހުން ދުވާލަކު 8.17 އާއި 9 ގަޑިއިރާ ދެމެދުގެ ވަގުތަކަށް ނިދާކަން ދިރާސާއަށް އިނގުނެވެ.

މިރަރ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ދިރާސާގެ ކުރިން ކޮށްފައިވާ އެހެން ދިރާސާއަކުން އިނގުންގޮތުގައި ބާލީހުގައި މޫނު އަޅައިގެން ނިދުމަކީ ވެސް ލޯ އަނދިރި ވުމަށް މަގު ފަހި ކުރުވާ ކަމެކެވެ. ބާލީހުގައި މޫނު އަޅައިގެން ނިދުމުގެ ސަބަބުން ލޯ ފިތޭ ގޮތްވެ އޭގެ ސަބަބުން ލޮލުގައި އުފެދޭ “އޭކްއަސް ހިއުމާ” ކިޔާ ފެނެއް ލޮލުން ބޭރުވުން ހުއްޓުވާލައެވެ. މިފެނަކީ އެފެން ލޮލުގައި ގިނަވެ އެއިން އުފެދޭ ޕުރެސަރުން ލޮލުގެ ގޮބޮޅީގެ ބައްޓަމާއި ސައިޒު އެއްވަރެއްގައި ހިފެހެޓުމަށް އެހީވެދޭ ފެނެކެވެ. ލޮލުގެ ޕުރެސަރު އެއްވަރެއްގައި ހުރުމަށް މިފެން ލޮލުގައި އުފެދޭ ވަރާއި ބޭރުވާ ވަރު ހަމަ ހަމަ ވާން ޖެހެއެވެ. ބާލީހުގައި މޫނު އެޅުމުގެ ސަބަބުން މިފެން ބޭރުކޮށްދޭ ބައި ހަލާކުވެ، ލޮލުގެ ޕުރެސަރު އިތުރުވެ، ލޮލުން ސިކުނޑިއަށް ސިގުނަލް ފޮނުވައިދޭ ނާރުތަށް މަރުވެ، ލޮލުގެ އަލިކަން ގެއްލޭގޮތް ދިމާވެއެވެ. މިގޮތުން ލޮލުގެ ޕުރެސަރަށް ކުޑަ ބަދަލެއް އަޔަސް ސިކުނޑިއަށް ސިގުނަލް ފޮނުވައިދޭ ނާރުތަކަށް ބޮޑެތި ގެއްލުން ތަކެއް ލިބޭނެ ކަމަށް ދިރާސާއާ ހަވާލާދީ މިރަރ ގައި ބުނެފައި ވެއެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close