ކުޅިވަރު

8 ވަނަ އިންޓަ ހައުސް ޖޫނިއާރ ފުޓުބޯޅަ މުބާރާތުގެ ފައިނަލަށް ކާނި ހައުސް އާއި ފުނަ ހައުސް

އިންޓަރ ހައުސް 8 ވަނަ ޖޫނިއަރ ފުޓުބޯޅަ މުބާރާތުގެ 4 ވަނަ މެޗުގައި އިއްޔެ ހަވީރު ބައްދަލުކުރީ ކާނި ހައުސްއާއި ހިރުނދު ހައުސްއެވެ. މި މެޗު 2-0 އިން ކާމިޔާބުކުރީ ކާނި ހައުސްއެވެ. މިމެޗުގައި ކާނި ހައުސް އަށް މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ދިނީ މެޗުގެ ފުރަތަމަ ހާފުގައި ޖާޒީ ނަންބަރު 11 އަލީ ފައުޒަން އެވެ. މެޗުގެ 2 ވަނަ ހާފުގައި ކާނި ހައުސްގެ ޖާޒީ ނަންބަރު 8 އައުޝަމް ސައީދު ވަނީ އިތުރު ލަނޑެއް ކާމިޔާބިކޮށްދީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކާނި ހައުސްގެ އައުޝަމް ސައީދެވެ.

މުބާރާތުގެ 5 ވަނަ މެޗާއި 6 ވަނަ މެޗް ކުޅުނީ މިއަދު ހަވީރެވެ. 5 ވަނަ މެޗުގައި ބައްދަލު ކުރީ ކާނި ހައުސްއާއި ފުނަ ހައުސްއެވެ. މިމެޗު 2-1 އިން ކާމިޔާބު ކުރީ ފުނަ ހައުސްއެވެ. ފުނަ ހައުސް އަށް ގޯލުތަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ޖާޒީ ނަމްބަރު 24 ހުސެއިން ޔަޒްދާނުއާއި ޖާޒީ ނަމްބަރު 10 ހުސެއިން ޔަޒްލާނުއެވެ. މެޗުގައި ކާނި ހައުސްއިން ޖެހި ހަމަ އެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަމްބަރު 11 އަލީ ފައުޒަންއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށްވެސް ހޮވުނީ އޭނާއެވެ. 6 ވަނަ މެޗުގައި ބައްދަލު ކުރީ ނިކަ ހައުސްއާއި ހިރުނދު ހައުސްއެވެ. މި މެޗު 1-0 އިން ކާމިޔާބު ކުރީ ހިރުނދު ހައުސްއެވެ. ހިރުނދު ހައުސްއަށް ލަނޑު ކާމިޔާބުކޮށްދިނީ ޖާޒީ ނަމްބަރު 23 މުޙައްމަދު ޝަހުދާންއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވިފައިވަނީ މުޙައްމަދު ޝަހުދާންއެވެ.

މިނަތީޖާތަކާއެކު ކާނި ހައުސް ވަނީ 2 މެޗުން މޮޅުވެ 1 މެޗުން އެއްވަރު ވެގެން ޖުމުލަ 6 ޕޮއިންޓާއެކު 1 ވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ. ފުނަ ހައުސް ވަނީ ކުޅުނު 1 މެޗުން މޮޅުވެ 2 މެޗުން އެއްވަރުވެ ޖުމުލަ 5 ޕޮއިންޓާއެކު ފައިނަލަށް ދަތުރުކޮށްފައެވެ. 3 ވަނަ އަށް ދިޔައީ 1 މެޗުން މޮޅުވެ، 1 މެޗުން އެއްވަރުވެ އަދި 1 މެޗުން ބަލިވުމަށްފަހު 4 ޕޮއިންޓް ލިބުން ހިރުނދު ހައުސްއެވެ. 1 މެޗުން އެއްވަރުވެ 2 މެޗުން ބަލިވުމަށްފަހު 1 ޕޮއިންޓާއި އެކު ނިކަ ހައުސްއަށް ލިބިފައި ވަނީ 4 ވަނަ އެވެ. މުބާރާތުގެ ފައިނަލްގައި ކާނި ހައުސްއާއި ފުނަ ހައުސް ބައްދަލުކުރާ މެޗު އޮންނާނީ މާދަމާ ހަވީރު އުނގޫފާރު ރަސްމީ ބޯޅަ ދަނޑުގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close