މުނިފޫހި ފިލުވުންދިރިއުޅުން

ގޭގައި 1100 ބުޅާ ގެންގުޅޭ އަންހެނެއް

މިއީ ކެލިފޯނިއާގެ ކިންގްސް ރިވާ ކައިރީގައި ހުންނަ ގެއެއްގައި ދިރިއުޅޭ ލީނާ ލެޓެންޒިއޯ ނަމަކަށް ކިޔާ އަންހެނެއްގެ ވާހަކައެވެ. އެގޭގައި ލީނާ މިހާރު ދިރިއުޅެނީ ބޮޑެތިވެފައިވާ 800 ބުޅަލާއި ޅަ ބުޅަލުގެ 300 ބުޅަލާއި އެކު މުޅި ޖުމްލަ 1100 ބުޅަލާއި އެކުއެވެ. ލިނާ ވަނީ އޭނާގެ ގެ މަގުމަތީގައި ވަންނާނެ ގެއެއް ނެތި ދޫވެފައިވާ ބުޅަލަށް ހިމާޔަތްދިނުމަށް “ދަ ކެޓް ހައުސް އޮންދަ ކިންގްސް” ގެ ނަމުގައި ޖަމިއްޔާއެއްގެ ގޮތުގައި ރެޖިސްޓްރީ ކޮށްފައެވެ.

ލީނާ ލެޓެންޒިއޯ އޭނާގެ ބުޅާތަކާއެކު – ފޮޓޯ: ގޫގްލް އިމޭޖްސް
ލީނާ ލެޓެންޒިއޯ އޭނާގެ ބުޅާތަކާއެކު – ފޮޓޯ: ގޫގްލް އިމޭޖްސް

ދަ އިންޑެޕެންޑެންޓް ނޫހުގައި ބުނެފައިވާ ގޮތުގައި ލީނާ ވަނީ މިހާތަނަށް 28000 ބުޅަލާއި އެކު ދިރި އުޅެފައެވެ. މިހާރު އުމުރުން 67 އަހަރުގެ ލީނާއަށް އޭނާގެ ގެއާއެކު ކިންގްސް ރިވާ ހިމެނޭ ސަރަހައްދުން ބުޅާ ގެންގުޅުމަށް 12 އޭކަރުގެ ބިމެއް ލިބިފައިވެއެވެ. 12 އެނދު ހުންނަ ލީނާގެ ގޭގައި ބުޅާ ގިނަވުމުގެ ސަބަބުން ލީނާ ދިރިއުޅެން އެހެން ގެއެއް ހޯދަން އޭނާއަށް މިހާރު މިވަނީ މަޖުބޫރުވެފައެވެ. އޭނާ ބުނެފައިވާ ގޮތުގައި މިގޮތަށް ބުޅާތަކަކަށް ކާންދީ ބަލައްޓަން އަހަރަކު 1.6 މިލިއަން ޑޮލަރު ހަރަދުވެއެވެ.

ލީނާ ބުޅާ ގެންގުޅެން ފެށާފައި ވަނީ 1992 ވަނ އަހަރުއެވެ. އެއީ އެއްދުވަހަކު ލީނާގެ ބައްޕަ އޭނާގެ ގާތު ގޭގައި ގެންގުޅެން ބުޅަލެއް ހޯދައިދޭން އެދުމުން އޭނާ އެދުވަހު ގެއަށް އައީ 15 ޅަ ބުޅަލާއެކުގައެވެ. މިގޮތަށް ބުޅާ ގެންގުޅެމުން ގޮސް ލީނާގެ ދިރިއުޅުމުގެ މައިގަނޑު މަސައްކަތަކީ މިއީ ކަމުގައި ވެގެން ދިޔައިރު މިކަމަށް ހިނގާ ހަރަދުތައް ހަމަޖެއްސުން ވެގެން ދިއައީ ދަތި ކަމަކަށެވެ. ލިނާ ވަނީ މިކަމަށް ހަރަދުކުރުމަށް ފައިސާ ހޯދުމަށްޓަކައި އޭނައިގެ ކައިވެނީގެ އަނގޮޓިއާއި އަދި އޭނާގެ ކާރުވެސް ވިއްކާލާފައެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close