ޙަބަރު

އުނގޫފާރު ޑޮޓް ކޮމް އެނބުރި އައުން

އުނގޫފާރުގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓްގެ ގޮތުގައި ކުރިން ހިންގަމުން ދިޔަ އުނގޫފާރު ޑޮޓް ކޮމްއަށް އޭރު ދިމާވި މައްސަލަ ތަކަކާގުޅިގެން މިސައިޓް ޑައުންކޮށް ހުރުމަށްފަހު މާތްﷲ ގެ އިރާދަފުޅާއި ވާގިފުޅާއެކު މިއަދު މިވަނީ އޮންލައިން ކުރެވިފައެވެ.

މި ވެބްސައިޓް އޭރު ޑައުންވެފައިވަނީ މިވެބްސައިޓް ހޯސްޓް ކުރި އެމެރިކާގެ ހޯސްޓް ސާވާއަށް ދިމާވި މައްސަލައެއްގެ ސަބަބުންނެވެ. އުފާގެ ނިއުސްޓީމުން އަބަދުވެސް މަސައްކަތް ކުރާނީ މި ވެބްސްއިޓް މެދުވެރިކޮށް އުނގޫފާރުގެ ޙަބަރުތަށް އެންމެ ތާޒާކޮށް ގެނެސްދިނުމަށާއި ތަޢުލީމީ އަދި އިޖްތިމާއީ ގޮތުން އުނގޫފާރުގެ ރައްޔިތުން ހޭލުންތެރި ކުރުވުމަށާއި އަދިވެސް މީގެ އިތުރުން އުނގޫފާރުގެ ރައްޔިތުންނަށް ފައިދާހުރި ބޭނުންތަކަށެވެ.

އާހިތްވަރާއި އަޒުމެއްގައި 3 ޖެނުއަރީ 2015 – 12 ރަބީއުލް އައްވަލް 1436 ވަނަ ދުވަހު އަޅުގަނޑުމެން މިމަސައްކަތް އަލުން މިފަށަނީ މިވެބްސައިޓްގެ އެހީގައި އުނގޫފާރުގެ ލޮބްވެތި އަހުންނާއި އުހުތުންނަށް އިހްލާސްތެރި މަސައްކަތެއް ކޮށްދިނުމަށެވެ.

އަޅުގަނޑުމެންއެދެނީ އުނގޫފާރު ޑޮޓް ކޮމް ގެ ކިއުންތެރިންގެ އެހީތެރިކަމާ އެއްބާރުލުން  އުނގޫފާރުގެ ހަބަރުތައް ފުރިހަމައަށް ގެނެސްދިނުމުގައި އުފާ ނިއުސް ޓީމަށް ލިބުމެވެ. މާތްﷲ އަޅުގަނޑުމެންގެ މިމަސައްކަތުގައި ބަރަކާތް ލައްވާށިއެވެ!

އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
maakalo Recent comment authors
maakalo
Guest

V ufaaveri habareh sukuriyaa ufaa

Close