ޙަބަރު

ނަޒާހަތްތެރިކަމުގެ ޤައުމީވައުދުގައި ސޮއިކޮށްފި

އުނގޫފާރުގައިހުރި ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުން ނަޒާހަތްތެރިކަމުގެ ޤައުމީވައުދުގައި މިއަދު ސޮއިކޮށްފިއެވެ. މިރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ދިހަގަޑި ތިރީހުގައި އުނގޫފާރު ސްކުލުގައެވެ.

ނަޒާހަތްތެރިކަމުގެ ގައުމީ ވައުދުގައި ބުނެފައި ވަނީ ހަވާލު ކުރެވިފައިވާ މަސައްކަތާއި ޒިންމާތައް އަދާކުރަން ރައްޔިތުންނާއި މުއާމަލާތް ކުރާނީ ތެދުވެރިކަމާއި އަމާނަތް ތެރިކަމާއި އެކުގައި ކަމަށާއި ނަޒާހަތްތެރިކަމާއި އެކު ކޮރޮޕްޝަންގެ ހުރިހާ އަމަލުތައް ހުއްޓުވުމަށް މަސައްކަތް ކޮަށް އެފަދަ އަމަލުތައް ކަމާއި ބެހޭ ފަރާތްތަކަށް ރިޕޯޓު ކުރަނެ ކަމަށެވެ. އަދި ރިޝްވަތު މުއާމަލާތްތައް ނުކުރުމަށާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުންތަކަށް ބޭނުން ނުކުރާނެ ކަމަށާއި ގާނޫނާއި ގަައިދަށް އިހުތިރާމް ކުރުމަށް ހުރިހާ ފަރާތްތަކަށް ހަނދާންކޮށްދޭނެ ކަމަށް އެ ވައުދުގައި ބުނެފައި ވެއެވެ. މީގެ އިތުރުން މަސްލަހަތު ފުށުއަރައި ކަންކަން ހާމަކޮަށް އެކަން ކަމުގައި ބައިވެރި ނުވާނެކަމަށާއި އަދި މިއީ ދިވެހި ގައުމަށާއި ރައްޔިތުންނަށްވާ ވައުދެއް ކަމަށް ވެސް އޭގައި ބުނެފައިވެއެވެ.

ފޮޓޯ: ފާތުމަތު ޝިލްމާ
ފޮޓޯ: ފާތުމަތު ޝިލްމާ

މިއަދު ފާގަހަ ކުރަމުންދާ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދިއަ މިހަރަކާތުގައި އުނގޫފާރުގައި ހުރި މުއައްސަސާތަކުގެ ތެރެއިން ރ އަތޮޅު ކައުންސިލާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި އުނގޫފާރު ސްކޫލާއި އުނގޫފާރު ޒުވާނުންގެ މަރުކަޒުގެ އިތުރުން އުނގޫފާރު ކައުންސިލްގެ މުވައްޒަފުން މިވައުދުގައި ސޮއިކޮށްފައިވެއެވެ.

ފޮޓޯ: ފާތުމަތު ޝިލްމާ
ފޮޓޯ: ފާތުމަތު ޝިލްމާ

ނަޒާހަތްތެރިކަމުގެ ޤައުމީވައުދުގައި ސޮއިކުރުން މިއަދު ރާއްޖޭގެ ހުރިހައި ރަށެއްގައި ކުރިއަށް ގެންގޮސްފައިވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
ބަދަތްވެއް Recent comment authors
ބަދަތްވެއް
Guest
ބަދަތްވެއް

ނަޒާހަތްތެރިން އެބަފެނޭ އެތަނުން. އެމީހުން އެއީނަޒާހަތްތެރިކަމުގެ މައްޗައް ވިހާފަތިބި މީހުން

Close